ޖަޕާނުގެ ބޮޑުވަޒީރު.
ޖަޕާނުގެ ބޮޑުވަޒީރު.
ރަޝިޔާގައި ހުންނަވާ ޖަޕާނުގެ ޑިޕްލޮމެޓެއް ފޮނުވާލި ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޖަޕާނުގައި ހުންނަވާ ރަޝިޔާގެ އިސް އޮފިޝަލަކު މަގާމުން ވަކިކޮށްފި އެވެ.

ރަޝިޔާއިން އެގައުމުގައި ހުންނަވާ ޖަޕާނުގެ ޑިޕްލޮމެޓު ފޮނުވާލައިފައިވަނީ ޖާސޫސްކުރި ކަމުގެ ތުހުމަތު ކޮށްފައެވެ. އަދި ޖަޕާނުން ވަނީ އެގައުމުގެ ޑިޕްލޮމެޓު ހައްޔަރުކޮށް ތަހުގީގުގެ ނަމުގައި ސުވާލުކުރިއިރު ރަޝިޔާއިން ބިރުދެއްކިކަމަށް ތުހުމަތުކޮށް، ރަޝިޔާއިން މައާފަށް އެދުމަށްވެސް ޑިމާންޑްކޮށްފައެވެ.

މިކަމާގުޅިގެން ޖަޕާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، ސަޕޯރޯ ސިޓީގައި ހުންނަ ރަޝިޔާގެ ކޮންސުލަކު އެ ގައުމު ދޫކޮށް ދިއުމަށް އެދިފައިވާކަން މިދިޔަ އަންގާރަ ދުވަހު ވަނީ ހާމަކޮށްފައެވެ. އަދި މިފަދައިން ކޮންސުލް މަގާމުން ދޫކޮށް ދިއުމަށް އެދިފައިވަނީ ރަޝިޔާގެ އަމަލުތަކާ ގުޅޭ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް ޖަޕާނުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކަމާބެހޭ މާހިރުން ބުނާގޮތުގައި ރަޝިޔާއިން ދެކެނީ ޖަޕާނަކީ "ޢަދާވާތްތެރި" ގައުމެއްގެ ގޮތުގައެވެ. މިލަގަބަކީ ޔޫރަޕިއަން ޔޫނިއަންގެ ހުރިހާ ގައުމުތަކާއި އެމެރިކާ އަދި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ހިމެނޭ ގޮތަށް ރަޝިޔާއިން އެގައުމުތައް ސިފަކުރާގޮތެވެ.

މީގެއިތުރުން، ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެކި ގައުމުތަކުން ސުލްހައިގެ އެއްބަސްވުން ހަދާފައިވާއިރު، ރަޝިޔާއާއި ޖަޕާނުން އަދި ސުލްހައިގެ އެއްބަސްވުމެއްްގައި ސޮއިކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން