ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލް އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލް އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން.
އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ފުރައްސާރަ ކުރިކަމަށް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލް އިންކާރު ކުރައްވަައިފިއެވެ.

މިދިޔަ ހަފްތާގައި ނިއުޔޯކުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި އެމެރިކާގެ ކޮންގްރެސްއަށް ފުރައްސާރަކުރި ކަމަށް ރައީސް ޔޫން ސުކް-ޔެލް އަށް ތުހުމަތުކުރައްވާފައިވަނީ ފެތުރެމުންދިޔަ ވީޑިއޯއަކާއި ގުޅިގެންނެވެ. އެގޮތުން އެމަނިކުފާނުގެ މައިކް އޮންކޮށް ހުއްޓައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށާއި، ރައީސަށް ނިސްބަތްވާގޮތަށް ކޮރެއާ ބަހުން "އިޑިއަޓްސް" ނުވަތަ އެއަށްވުރެ ވަރުގަދަ މާނައެއް ކުރެވޭ ފަދަ ބަސްތަކެއް ބޭނުން ކުރިކަން ފެތުރެމުންދާ ވީޑިއޯއިން ފެނިގެންދެއެވެ.

ރައީސް ޔޫން ސުކް-ޔެލް ފުރައްސާރަކުރިކަމަށް ބުނާ ބަސްތައް އަމާޒުވެފައިވަނީ، ބައިނަލްއަގުވާމީ ގޮތުން އެކުލަވާލާފައިވާ "ގްލޯބަލް ފަންޑަށް" އެމެރިކާގެ އެހީ އިތުރު ކުރުމަށް ބައިޑަން ކުރައްވަމުންދާ މަސައްކަތްޕުޅުގެ ވާހަކައެއްގެ ތެރެއިން ކަމަށް ބުނެވެއެވެ.

މި ވީޑިއޯ ފޫޓޭޖް ދެކުނު ކޮރެއާގައި މިހާރު ވައިރަލްވެފައިވާއިރު، ގިނަ އާންމުން ދަނީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެލް ގެ އަމަލު ކުއްވެރިކުރަމުންނެވެ.



ނަމަވެސް އެހާދިސާއާއި ގުޅިގެން ދެކުނު ކޮރެއާގެ ރައީސްގެ ތަރުޖަމާނު ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް، ދެކުނު ކޮރެއާގެ ރައީސް ފުރައްސާރަ ނުކުރާކަމަށް ވިދާޅުފެވައެވެ. އަދި އެމެރިކާއާ ބެހޭ ގޮތުން ވާހަކަ ދައްކަން ނުވަތަ "ބައިޑެން" މި ބަސް ބުނަން ޖެހޭ ސަބަބެއްވެސް ނެތް ކަމަށެވެ. އެގޮތުން ރައީސް ޔޫން ހަގީގަތުގައި "ބައިޑެން" މިބަސްވެސް ނުބުނާކަމަށާއި، ނަމަވެސް އެމަނިކުފާނު ބޭނުންކޮށްފައިވަނީ ބައިޑެންގެ ނަމާއި އެއްގޮތް ކޮރެއާ ބަހެއް ކަމަށާއި، އަދި އެމަނިކުފާނު އިޝާރާތް ކުރެއްވީ އެމެރިކާގެ ކޮންގްރެސްއަށް ނޫން ކަމަށާއި ދެކުނު ކޮރެއާގެ ޕާލަމެންޓަށް ކަމަށް ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން