ސްވިޒަލޭންޑުން 10 މިލިއަނަށް ވުރެ ގިނަ، މުއްދަތު ހަމަވެފައިވާ މޮޑަރނާ ކުންފުނީގެ، ކޮވިޑް ވެކްސިން ޑޯޒް ނައްތާލަން ނިންމައިފިއެވެ.

ސްވިޒަލޭންޑްގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި، މޮޑާނާގެ ކޮވިޑް ވެކްސިންގެ 10.3 މިލިއަނަށް ވުރެ ގިނަ ޑޯޒް ނައްތާލަން ނިންމާފައިވަނީ މި ހަފްތާގައި މުއްދަތު ހަމަވުމާއެކުއެވެ. އެގޮތުން ނައްތާލަން ނިންމާފައިވާ ވެކްސިނުގެ ޖުމްލަ އަގު ގާތްގަނޑަކަށް 285 މިލިއަން ޑޮލަރާ ގާތްކުރާކަމަށްވެއެވެ.

ނައްތާލަން ހަމަޖެހިފައިވާ ވެކްސިނުގެ 10.3 މިލިއަން ޑޯޒްގެ ތެރެއިން 2.5 މިލިއަން ޑޯޒަކީ ސްވިޒަލޭންޑްގެ ސިފައިންގެ ލޮޖިސްޓިކްސް ބޭސްއެއްގައި ރައްކާކޮށްފައިވާ ވެކްސިނެވެ. އަދި ބާކީ ހުރި ޑޯޒަކީ ބެލްޖިއަމްގެ ސްޓޯރޭޖް އެއްގައި ރައްކާކުރެވިފައިވާ ވެކްސިނެވެ.



ރިޕޯޓުތައް ބުނާގޮތުން، އެންމެ 8.7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްވިޒަލޭންޑުން ވަނީ ޖުމްލަ 34 މިލިއަން ކޮވިޑް ވެކްސިން ޑޯޒް އެގައުމަށް ގަނެފައެވެ. ނަމަވެސް މިއީ ސްވިޒަލޭންޑުން ކޯވިޑް ވެކްސިން ނައްތާލި ފުރަތަމަ ފަހަރެއް ނޫނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރުގެ ކުރީކޮޅު ސްވިޒަރލޭންޑުން ވަނީ ވެކްސިނަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށްވެ، ބޭނުންނުކޮށް ގިނަދުވަސްވެ، މުއްދަތު ހަމަވެފައިވާ 620،000 އަށް ވުރެ ގިނަ ވެކްސިނުގެ ޑޯޒް ނައްތާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން