ޔޫކްރޭން ހަނގުރާމައާމެދު ޗައިނާއިން ހިތްހަމަ ނުޖެހޭ ކަންކަން ހުރިނަމަވެސް ދެގައުމުން ޝަޢުޤުވެރިކަން ހުރި ކަންކަމަށް ތާއީދު ކުރަށްވާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވައުދުވެވަޑައިގެންފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން, އުޒްބެކިސްތާނުގައި ޕޫޓިންއާއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

މިއީ އެމެރިކާ އަދި އެގައުމުގެ އެކުވެރިން ކަންބޮނޑުވާފަދައިން ލިމިޓެއްނެތް ޕާޓްނަޝިޕެއް ޗައިނާ އަދި ރަޝިޔާއިން ފެބްރުއަރީ މަހު އިއުލާންކުރުމަށް ފަހު ފުރަތަމަ ފަހަރަށް އެއްމޭޒެއް ދޮށުން ކުރިއަށްދިޔަ ފުރަތަމަ ބައްދަލުވުމެވެ. މިބައްދަލުވުމުގައި ރަޝިޔާގެ ރައީސް ވްލަޑިމީރ ޕޫޓިން ވަނީ ޔޫކްރެއިން ހަނގުރާމަ އާއިމެދު ޗައިނާއިން ދެކޭގޮތް ގަބޫލުކުރިނަމަވެސް، ދެގައުމުގެ ގުޅުމަށް ބުރޫ ނާރާކަން ފާހަގަކުރައްވާފައެވެ.

އުޒްބެކިސްތާނުގައި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ސަމިޓްގެ ތެރެއިން ބޭއްވި މިބައްދަލުވުމުގައި ޕޫޓިން ވަނީ ޔުކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ޗައިނާގެ "ސުވާލުތަކާއި ކަންބޮޑުވުންތަކެއް" ހުރިނަމަވެސް، ބާއްވާ ގާތްގުޅުން ފާހަގަކޮށްފައެވެ.

"ޔޫކްރޭންގެ ހަނގުރާމައިގެ ތެރެއިންވެސް އަހަރުމެންނާއި ޗައިނާ ދެމެދު ވަކިފަރާތަކަށް ނުޖެހި، ގާއިމުކުރެވިފައިވާ ރައްޓެހިކަމުގެ ގާތްގުޅުން އަހަރުމެން ވަރަށް ބޮޑަށް އަގުކުރަން،" ޕޫޓިން ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމާލުމަށްފަހު، ޗައިނާއިން ނެރުނު ބަޔާނެއްގައި، އެގައުމުގެ ރައީސް ވަނީ ރަޝިޔާއާ އެކު މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ދެގައުމުގެ މަސްލަހަތާ ގުޅޭ ކަންކަމުގައި އެއްބާރުލުން ދޭނެކަމަށާއި، ވިޔަފާރިއާއި އެހެން ދާއިރާތަކުން ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނުކަމަށް ޗައިނާއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން