ލުބުނާނުގެ އަންހެނަކު ކުޅޭ ކުޅޭ ބަޑި ހިފައިގެން އެގައުމުގެ ވެރިރަށް ބެރިރޫތުގެ ބޭންކެއް ރަހީނުކޮށްފިއެވެ.

އޭނާ މިކަން ކޮށްފައިވަނީ އޭނާގެ ކޮއްކޮގެ ކެންސަރަށް ފަރުވާ ހޯދުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. އަދި އެފައިސާ ރައްކާކޮށްފައިހުރީ އޭނާ ހޮސްޓޭޖު ކުރި ބޭންކުގައިކަމަށް އެއަންހެމީހާ ހާމަކޮށްފައިވެއެވެ.

"ކޮއްކޮ އަށް އެހީތެރިވާން ފުރަތަމަ މަސައްކަތް ކުރީ އަހަރެންގެ ކިޑްނީ ވިއްކަން." އޭނާ ބުންޏެވެ.

ނަމަވެސް މިފަދަ ކަމެއް ކުރަން މަޖުބޫރުވީ، ބޭންކުގައި ހުރި ފައިސާ ހޯދުމަށް އެދި ތަކުރާރުކޮށް ބޭންކަށް ގޮސް އާދޭސްކޮށްވެސް ފައިސާ ލިބުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމުންކަމަށް އޭނާ ފާހަގަކުރިއެވެ.

އިގްތިސާދީ ދަތި ހާލަތުގެ ސަބަބުން ކަމަށް ބުނެ ލުބުނާނުގެ ބޭންކުތަކުން ރައްޔިތުންގެ އެކައުންޓްތައް ފްރީޒްކޮށްފައިވާތާ 3 އަހަރު ވެއްޖެ އެވެ. އަދި މުހިންމު ބޭނުންތަކުން ބޭންކު ތަކުން ދޫކުރަނީ މަހަކު އެންމެ 200 ޑޮލަރެވެ. ލުބުނާނުގެ އިގްތިސާދީ ހާލަތު ދައްވަމުންދާއިރު، އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ފަގީރުވެފައިވާކަމަށްވެސް ފަހުގެ ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ކާބޯތަކެތި ޑެލިވަރީ ކުރާ ޑްރައިވަރަކު ބެއިރޫތުގެ އެހެން ބޭންކް ބްރާންޗަކަށް ވަދެ ހަތް ގަޑިއިރު ވަންދެން 10 މީހަކު ރަހީނުކޮށް، އެބޭންކުގައި އޭނާ ރައްކާކޮށްފައިވާ ފައިސާގެ ދިހަހާސް ޑޮލަރަށް ޑިމާންޑް ކުރިތާ ހަފްތާތަކެއް ފަހުންނެވެ. ގިނަ މީހުން އޭނާއަށް ތައުރީފުކޮށް ބަޠަލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން