ތައިލެންޑްގެ އެކްޓިވިސްޓަކު ތައިލެންޑްގެ ރާނީ ފަދައިން ހެދުން އަޅައިގެން ރާނީއަށް ފުރައްސާރަކުރި ކަމަށް ކޯޓުން ނިންމުމުން ދެ އަހަރަށް ޖަލަށްލައިފި އެވެ.

ޖަޓޫޕޯން 'ނިއު' ސައެއޯއެންގް ނަމަކަށް ކިޔާ 25 އަހަރުގެ މި އެކްޓިވިސްޓު ޖަލަށްލާފައިވަނީ، 2020 ވަނަ އަހަރު ބެންކޮކްގައި ބޭއްވި ސިޔާސީ މުޒާހަރާއެއްގައި ފިޔާތޮށި ކުލައިގެ ހެދުމެއް ލައިގެން ހުރުމުންނެވެ. އަދި އޭނާ ވަނީ ރާނީއަށް ފުރައްސާރަ ކުރިކަމުގެ ދައުވާއަށް އިންކާރުކޮށް، އޭނާ ލައިގެން ހުރީ ސަގާފީ ހެދުމެއް ކަމަށް ބުނެފައެވެ.

އޭނާއާއި ދެކޮޅަށް ކޯޓުން ކުރި ހުކުމަށް އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.



ތައިލެންޑަކީ އެގައުމުގެ ރަސްގެފާނާއި ޝާހީ އާއިލާއަށް ފާޑުކިޔުން މަނާކޮށްފައިވާ ހަރުކަށި ގާނޫނުތަކެއް ހަދާފައިވާ ގައުމެކެވެ. އެގޮތުން 2020 ވަނަ އަހަރުން ފެށިގެން، މިގާނޫނާ ގަވާއިދުތަކާ ހިލާފުވެ މުޒާހަރާ ކުރި 210 މީހަކު ވަނީ މިހާތަނަށް ހައްޔަރުކޮށް ފިޔަވަޅު އަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން