މޫސުންގޯސްވުމުގެ ސަބަބުން ޕާކިސްތާނަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން މަރުވި މީހުންގެ އަދަދު 1،400 އިން މައްޗަށް އަރައިފިއެވެ.



މޫސުންގޯސްވުމުގެ ސަބަބުން ޕާކިސްތާނަށް ކުރިމަތިވަމުންދާ ފެންބޮޑުވުމުގެ ކާރިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސިންދު ޕްރޮވިންސަށެވެ. އެގޮތުން ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކުރިއަށް އޮތް 24 ގަޑިއިރާއި 72 ގަޑިއިރާއި ދެމެދު، ޕާކިސްތާނު ސިންދު ޕްރޮވިންސުގެ ބޮޑު ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މޫސުމާ ބެހޭ ޑިޕާޓްމަންޓުންވަނީ ހާމަކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މޫސުން ގޯސްވުމާއިއެކު ކުރިމަތިވަމުންދާ ކާރިސާތަކުގައި ސިންދު ޕްރޮވިންސްގެ 638 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 274 ކުޑަކުދިން ހިމެނެއެވެ.

މީގެ އިތުރުން، ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާނުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ވަނީ ގަނޑުފެންތައް ގިރުމާއި ޖޫން މަހުން ފެށިގެން މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއިއެކު ފެނު އަޑީގައެވެ. އެގޮތުން މިކާރިސާތަކުގެ ސަބަބުން 33 މިލިއަނަށް ވުރެ ގިނަ މީހުންނަށް އޭގެ އަސަރު ކޮށްފައިވެއެވެ. އަދި ގާތްގަނޑަކަށް މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން ވަނީ ދިރިއުޅޭނެތަނެއް ނެތި މަގުމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން