ލަންކާގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އަޅަން ބިން ދޫކުރަން ނިންމައިފިއެވެ.

އެގޮތުން ލަންކާގައި އިންޓަނޭޝަނަލް ފުޓްބޯޅަ ދަނޑެއް އެޅުމާ ގުޅޭ ގޮތުން ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޝެއިޚް ހަމަދު ބިން ޚަލީފާ ބިން އަހުމަދު އަލް ތާނީއާ އެކު ލަންކާގެ މިނިސްޓަރ އޮފް ޓޫރިޒަމް ހާރިން ފެނާންޑޯ ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރު ފެނާންޑޯ ވިދާޅުވީ ގަތަރުގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސާއެކު ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައި ވަނީ ކުޅިވަރާގުޅުންހުރި ފަތުރުވެރިކަން ކުރިއެރުވުމަށެވެ. މީގެއިތުރުން، ސްޕޯޓްސް ޓޫރިޒަމް ތަރައްގީކުރުމަށް މުހިންމުދައުރެއް އަދާ ކުރާނެ، ބައިނަލްއަގުވާމީ ފުޓްބޯޅަ ދަނޑެއް އެޅުމަށް ލަންކާއިން ބިމެއް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިބައްދަލުވުމަށްފަހު، ލަންކާގައި ސްޕޯޓްސް ޓޫރިޒަމް ތަރައްގީކުރުމަށް އެހީތެރިވުމާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާއިން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް، މިނިސްޓަރު ފެނާންޑޯ ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން