މާޝާ މިދުހަތު   9 ސެޕްޓެމްބަރު 2022 - 23:58
ކިންގް ޗާލްސް ރަސްކަމަށް ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގައި ހުންނަ ޝާހީ އާއިލާގެ ބަކިންހަމް ގަނޑުވަރަށް ވަޑައިގެންފި އެވެ.

އެމަނިކުފާނު ބަކިންހަމް ގަނޑުވަރަށް ވަޑައިގަތީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.

އިނގިރޭސި އާރަސްގެފާނު ގަނޑުވަރުކޮޅު އެތެރެއަށް ވެންނެވުމުގެކުރިން، ގަނޑުވަރުގެ ބޭރުގައި އެއްވެފައިތިބި އާންމުންނާ ބައްދަލުކުރައްވާ ސަލާމް ކުރައްވަމުން ގެންދެވިތަން މަންޒަރުތަކުން ފެނިގެންދިޔައެވެ. އެގޮތުން ގަނޑުވަރު ބޭރަށް އެއްވެފައިތިބި އާންމުން، އިނގިރޭސި ރާނީ އަވަހާރަވުމާއި ގުޅިގެން ހިތާމަ ފާޅުކުރަމުން ގެންދިޔަނަމަވެސް، އިނގިރޭސި އާރަސްގެފާނަށް ހޫނު މަރުހަބާއެއް ކިޔަމުން ދިޔަތަން ފެނިގެންދިޔައެވެ.

އެއަށްފަހު ރަސްގެފާނު ޗާލްސް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ބަކިންހަމް ގަނޑުވަރުގެ ގޭޓުން އެތެރެއަށް ވަޑައިގެންނެވުމުގެ ކުރިން ޗާލްސްގެ މަންމާފުޅުގެ އަދި ރާނީ އެލިޒެބެތުގެ ހަނދާނުގައި ލަންޑަނުގެ އާންމުން، ގަނޑުވަރުގެ ގޭޓުކައިރީ ބަހައްޓާފައިވާ މާބޮނޑިތަކާއި ހާއްސަ މެސެޖުތައް ބައްލަވާލައްވާފައިވެއެވެ.

އިނގިރޭސި ރާނީ އަވަހާރަވެވަޑައިގެންފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ރާނީގެ ދޮށީ ދަރިކަލުން، ޗާލްސް، އިނގިރޭސިވިލާތުގެ ރަސްކަމާއި ހަވާލުވެޑައިގެންފައިވަނީ ރާނީ އަވަހާރަވެވަޑައިގަތުމާއި އެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން