އަހުމަދު މަސްނޫމް   8 ސެޕްޓެމްބަރު 2022 - 22:30
އިނގިރޭސި ރާނީ، ކުއީން އެލިޒަބަތުގެ ސިއްހީ ހާލުކޮޅު ދެރަވެ ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.

އިނގިރޭސި ޝާހީ ގަނޑުވަރު، ބަކިންހަމްޕެލަސްއިން ބުނީ އުމުރުފުޅުން 96 އަހަރުގެ ރާނީގެ ސިއްހީ ހާލުކޮޅާއިމެދު ޑޮކްޓަރުން ކަންބޮޑުވާކަމަށާއި، އެކަމަނާގެ ހާލުކޮޅު ޑޮކްޓަރުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

ބަކިންހަމްޕެލަސްއިން ބުނީ ރާނީ ހުންނެވީ ސްކޮޓްލެންޑްގައި ހުންނަ ބެލްމޯރަލް ގަނޑުވަރުގައިކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.

ރާނީގެ ދަރިކަލުން އަދި އިނގިރޭސި ވަލީއަހުދު ޕްރިންސް އޮފް ވޭލްސް، ޗާލްސް އާއި އެނާގެ އަނބިކަނބަލުން ވަނީ ބެލްމޯރަލްއަށް ވަޑައިގެންފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ހޮވުނު ލިޒް ޓުރުޒް މަގާމަށް އައްޔަންކުރުމުގެ ރަސްމިއްޔާތުވެސް މިދިޔަ އަންގާރަ ދުވަހު ބާއްވާފައިވަނީ ބެލްމޯރަލްގައެވެ. މިއީ އާއްމުކޮށް ގިނަ ބަޔަކާއެކު ބަކިންހަމްޕެލަސްގައި ބާއްވާ ރަސްމިއްޔާތެކެވެ.

މިދިޔަ ޖުލައިމަހުން ފެށިގެން ރާނީ އެލިޒަބަތު ހުންނަވަނި ބެލްމޯރަލް ގަނޑުވަރުގައެވެ.

ރާނީ އެލިޒަބަތުގެ ހާލުކޮޅު ދެރަވުމާއި ގުޅިގެން އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ހެޔޮ ދުއާ ފޮނުވަމުންނެވެ.

އިނގިރޭސިވިލާތުގެ ތަހުތަށް ރާނީ އެލިޒަބަތު 2 އިސްކުރެވުނީ އެކަމަނާގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް 6، 1952 ވަނަ އަހަރުގެ ފެބްރުއަރީމަހު އަވަހާރަވުމާއި ގުޅިގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން