ތޫފާން ހިންނަމްނޯރގެ ސަބަބުން ދެކުނު ކޮރެއާގެ ގިޔޮންޖޫ ސިޓީގައި ފެންބޮޑުވެފައި.
ތޫފާން ހިންނަމްނޯރގެ ސަބަބުން ދެކުނު ކޮރެއާގެ ގިޔޮންޖޫ ސިޓީގައި ފެންބޮޑުވެފައި.
މިއަދު ހެނދުނު މަޑު ޖެހުނު ތޫފާން ހިންނަމްނޯގެ ސަބަބުން ބޯކޮށް ވާރޭވެހި، ވައިގަދަވެ، ފެންބޮޑުވުމުގެ ކާރިސާތަކުގެ ސަބަބުން ދެކުނު ކޮރެއާގެ އެތައްބަޔަކު މަގުމަތިވެ ހާލުގައި ޖެހިފައިވާކަން އެގައުމުން ރިޕޯޓުކޮށްފިއެވެ.

މިތޫފާނުގެ ސަބަބުން ދެކުނު ކޮރެއާގެ ބައެއް ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެންގޮސް ނުރައްކާތެރިކަން އިތުރުވުމާ ގުޅިގެން އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އަދި ތޫފާނުގެ ކެރިގަނޑު މަޑުޖެހުނު ނަމަވެސް މިއަދުވެސް ބޯކޮށް ވާރޭވެހި ވައިގަދަވެދާނެކަމަށް ދެކުނު ކޮރެއާގެ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ތޫފާނުގެ ސަބަބުން 25 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަމުންދާއިރު، އެކަކު މަރުވެފައިވާކަމަށްވެސް ދެކުނު ކޮރެއާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް އިތުރު ބަޔަކު ގެއްލިގެން ނުވަތަ މީހަކަށް އަނިޔާވެގެން ރިޕޯޓުކޮށްފައެެއް ނުވެއެވެ.

ތޫފާން ހިންނަމްނޯރަކީ މިދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ދެކުނުކޮރެއާއަށް އެރި އެންމެ ބާރުގަދަ އެއް ތޫފާނެވެ. ދެކުނު ކޮރެއާގެ މޫސުމާބެހޭ އިދާރާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ތޫފާނުގެ ސަބަބުން ގަޑިއަކު 100 މޭލަށް ވުރެ ބާރުމިނުގައި ވައިޖެހިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން