ޗައިނާގައި ޖާސޫސް ކުރުމަށް ބޭނުންކުރާ ބޯޓު ޔުއާން ވަންގް-5.
ޗައިނާގައި ޖާސޫސް ކުރުމަށް ބޭނުންކުރާ ބޯޓު ޔުއާން ވަންގް-5.
އިންޑިއާގެ ނުފޫޒުން ހުއްޓުވި، ޗައިނާގެ އާގުބޯޓު، ޔުއާން ވަންގް-5 މިއަދު ލަންކާގެ، ހަމްބަންޓޯޓާގައި ބަނދަރުކޮށްފިއެވެ.

މި ބޯޓަކީ މިހާރު ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގައި އެންމެ ބޮޑަށް އެހީތެރިވަމުންދާ ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޗައިނާއާ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށް ގިނަބަޔަކު ސިފަކުރެއެވެ. އިންޑިއާއިން ބިރުގަންނަނީ އެގައުމުގެ ބޮޑު އަދި ބާރުގަދަ ވާދަވެރި ޗައިނާއިން އޭޝިއާ-ޔޫރަޕްގެ ޝިޕިންގް ރޫޓް ކައިރީގައި އޮންނަ ހަމްބަންޓޯޓާ ބަނދަރު އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފާނެތީ އެވެ.

ބޭރުގެ އަސްކަރީ ސަލާމަތީ ލަފާދާރުން ސިފަކުރާ ގޮތުގައި ޔުއާން ވަންގް 5 އަކީ ޗައިނާގެ އެންމެ ފަހުގެ ޖީލުގެ ސްޕޭސް ޓްރެކިން ބޯޓުތަކުގެ ތެރެއިން އެއް ބޯޓު ކަމަށާއި، މިއީ ސެޓެލައިޓް، ރޮކެޓް އަދި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ފޮނުވާލުންތައް މޮނިޓަރ ކުރުމަށް ބޭނުންކުރާ ބޯޓެއްކަމަށެވެ.



އިންޑިއާއިން ސަލާމަތީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ޔުއާން ވަންގް 5 ލަންކާގެ ހަމްބަންޓޯޓާގައި ބަނދަރު ކުރުމަށް ހުއްދަދީފައިވާކަމަށް ލަންކާއިން ހޮނިހިރު ދުވަހު ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން