އެއަރޕޯޓުގައި ބަޑީގެ ހަމަލާދިން މީހާ ހައްޔަރުކުރަނީ.
އެއަރޕޯޓުގައި ބަޑީގެ ހަމަލާދިން މީހާ ހައްޔަރުކުރަނީ.
އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާ އެއަރޕޯޓްގެ މައި ޓާމިނަލް އިމާރާތުގައި ބަޑިޖެހުމުގެ އަޑު އިވުމުން އެއާޕޯޓް ހުސްކޮށް، ބަޑީގެ ހަމަލާ ދިންކަމަށް ޝައްކުކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮސްޓްރޭލިއާގެ ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ މިހާދިސާއާއި ގުޅިގެން ތުހުމަތުކުރެވޭ އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި، އަދި އޭނާގެ އަތުން ބަޑިއެއް ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ ސީސީޓީވީ ފޫޓޭޖްތައް ޗެކްކޮށް، މިވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާއަކީ ހަމައެކަނި އެ ހާދިސާގެ ޒިންމާ ނަގަން ޖެހޭ މީހާ ކަމަށް ބެލެވޭ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައި ނުވާއިރު، މިހާދިސާގައި ތުހުމަތު ކުރެވޭ މީހާ އެއަރޕޯޓް ތެރޭގައި މަނާ ކުރެވިފައިވާ ހަތިޔާރެއް ބޭނުން ކުރުމުގެ ސަބަބު އަދި ފުލުހުން ހާމަކޮށްފައެެއް ނުވެއެވެ.

މިހާދިސާގެ ސަބަބުން ގިނަ ފްލައިޓްތަކެއް ލަސްވެ ބައެއް ފްލައިޓްތައް ކެންސަލް ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން