ޗެންނާއި އެއަރޕޯޓް.
ޗެންނާއި އެއަރޕޯޓް.
ކަސްޓަމްސް އޮފިސަރުންގެ ގޮތަށް ހެދިގެން ލަންކާގެ ފަސިންޖަރެއްގެ އަތުން ރަން ގަހަނާތަކެއް ފޭރިގަތް ކަމަށް ތުހުމަތު ކުރެވޭ ލަންކާގެ ދެ ރައްޔިތަކު ޗެންނާއީ އެއާޕޯޓުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ޗެންނާއީ ފުލުހުން ހައްޔަރުކޮށްފައިވަނީ ލަންކާއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ މުހައްމަދު ނަޖްމީން، އަދި އުމުރުން 49 އަހަރުގެ ޗެލިއާ އަރަވިންދާން، ނަމަކަށް ކިޔާ ދެފިރިހެނުންނެވެ.

މިދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ލަންކާއިން ފުރައިގެން އިންޑިއާއަށް ދަތުރުކުރި ފަސިންޖަރެއްގެ ގަހަނާތައް ފޭރިގަތުމުންނެވެ. އަދި އެމީހުން ރަން ގަހަނާތައް ފޭރިގަނެފައިވަނީ ލަންކާގެ ރައްޔިތެއް ކަމަށްވާ، އުމުރުން 47 އަހަރުގެ ނާދިޝާ ރޮޝިނީ ނަމަކަށް ކިޔާ އަންހެނެއް އަތުންކަމަށް އިންޑިއާގެ ފުލުހުން ހާމަކޮށްފައިވެއެވެ.

އެ ދެ މީހުން ގަހަނާތައް ފޭރިގަނެފައިވަނީ އެއާޕޯޓުގެ ބޭރުން ކަސްޓަމްސް އޮފިސަރުންގެ ގޮތުގައި ހެދި، ނާދިޝާ ހުއްޓުވައި ހުއްދަކޮށްފައިވާވަރަށް ވުރެ ގިނައިން ގަހަނާ އެތެރެކުރަން އުޅޭކަމަށް ތުހުމަތުކޮށެވެ.

ގަހަނާތައް ފޭރިގަތް ދެމީހުން ހައްޔަރުކުރެވުނީ ނާދިޝާ ކަސްޓަމްސްއަށް ގޮސް އެމީހުންގެ ޝަކުވާ ކޮށް ފުލުހުންނަށް މައްސަލައެއް ހުށައެޅުމުންނެވެ. މިހާދިސާއާއި ގުޅިގެން ހައްޔަރުކުރި ލަންކާގެ ދެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަމުންދާކަމަށް އިންޑިއާގެ ފުލުހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން