އަހުމަދު މަސްނޫމް   10 އޯގަސްޓު 2022 - 22:43
ސްރީލަންކާގެ ރައީސްކަމުގެ މަގާމުން މިދިޔަމަހު އިސްތިއުފާދެއްވުމަށްފަހު ސިންގަޕޫރުގައި ހުންނެވި ގޮޓަބަޔާ ރާޖަޕަކްސަ މާދަމާ ތައިލެންޑަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ހަބަރުތައް ބުނާގޮތުން ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ތައިލެންޑަށް މާދަމާ ވަޑައިގަންނަވާކަން އެ ގައުމުގެ ހާރިޖީ ވުޒާރާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ތައިލެންޑުގެ ހާރިޖީ ވުޒާރާއިން ބުނީ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ގެންގުޅުއްވާ ގޮޓަބަޔާ އެ ގައުމަށް އެތެރެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ޑިޕްލޮމެޓިކް ޕާސްޕޯޓުގައި ތައިލެންޑުގައި 90 ދުވަހުގެ މުއްދަތަކަށް އެގައުމުގައި މަޑު ކުރެއްވޭނެކަަމަށް ތައިލެންޑުގެ ހާރިޖީ ވުޒާރާއިން ބުނެއެވެ.

ތައިލެންޑުން ބުނީ ގޮޓަބަޔާ ސިޔާސީ ހިމާޔަތަކަށް އެދިވަޑައިގެންފައި ނުވާކަމަށެވެ.

ލަންކާގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ޖުލައިމަހުގެ 14 ވަނަ ދުވަހު އެ ގައުމު ދޫކުރައްވައި ފުރަތަމަ ވަޑައިގަތީ ރާއްޖެއަށެވެ. ލަންކާގެ ރައީސްކަމުގެ މަގާމުން ގޮޓަބަޔާ އިސްތިއުފާދެއްވީ ރާއްޖޭގައި އެއް ދުވަހު މަޑުކުރެއްވުމަށްފަހު ސިންގަޕޫރަށް ވަޑައިގަތުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން