ސިޔާސީ ޕާޓީތަކަށް ވެއްދުމަށް ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް 10000 ރުފިޔާގެ ޖޫރިމަނާއެއްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމާފައި މިވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް ސައްހަ ނޫން ފޯމްތައް ހުށަހަޅާ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައި ވަނީ ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން މެމްބަރުން އިތުރުކުރަން ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ބޮޑުވެފައިވާތީ، އެ ގޮތަށް ހުށަހަޅާ ސައްހަ ނޫން ފޯމުތަކަށް ބޮޑު ޖޫރިމަނާއެއް ކުރުމަށެވެ. އެގޮތުން ސައްހަ ނޫން ކޮންމެ ފޯމަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާއެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.
ސައްހަ ނޫން ފޯމް ހުށަހެޅުމުގެ މައްސަލަ އިތުރުވެފައި މިވަނީ ބައެއް ޕާޓީތަކުގައި ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ނެތުމުން، މެމްބަރުން ހަމަކުރުމަށް އިލެކްޝަންސުން ދީފައިވާ މުއްދަތު މިމަހުގެ 15 ވަނަ ދުވަހު ހަމަވާން ކައިރިވެފައިވާ ދަނޑިވަޅެއްގައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ޕާޓީއެއްގައިވެސް މަދުވެގެން 3،000 މެންބަރުން ހިމެނެން ޖެހެއެވެ. އެ އަދަދަށް މެންބަރުން ނެތް ޕާޓީތަކުން ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރަން ޖެހެއެވެ. އަދި އެކަމުގެ ނޯޓިސް މިދިޔަ މާޗުމަހު ވަނީ ބައެއް ޕާޓީތަކަށް ފޮނުވާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 3000 މެމްބަރުން ހަމަނުވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އާއި ރައީސް މައުމޫން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކްސް (އެމްޓީޑީ) ގައެވެ.

ކިޔުންތެރިންގެ ހިޔާލު