މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުން
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގެ ޗެޓް ލޮގު ހޯއްދެވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން އެޗެޓް ލޮގުތައް އޭނާއަށް ދިނުމަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ހިނގި ހޫނު ބަހުސެއްގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މެންބަރު އަނދުން ޙުސައިނަށް ނިސްބަތްކޮށް ބޮޑެތި ތުހުމަތުތަކެއް ކުރަށްވާފައެވެ.

އެ ގުރޫޕްގައި ފެށުނު ބަހުސެއްގައި ރައީސް ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާގެ ރޭވުންތައް ފޮރުވުމުގައި ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވާ އެއްފަރާތަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސެއިން ޝަހީމް (އަންދުން ޙުސެއިން) ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާ އާއި ގުޅޭ ތަހުގީގުގެ ކަންކަން ފޮރުވުމަށް އަނދުން ހުސެއިން މަސައްކަތް ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން އަދުން ހުސެއިން ވަނީ، އެ ބޭފުޅާއަކީ އެފަދަ ކަމެއް ކުރެއްވޭނެ ބޭފުޅެއް ނޫންކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މީހުންގެ ބޮލުގައި ކަންކަން އަޅުވާއިރުވެސް ހައްދެއް އޮންނަންވާނެ ކަމަށް އަނދުން ޙުސައިން ވިދާޅުވިއެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދުވެސް ވިދާޅުވީ އަނިޔާވެރިކަމަށްވެސް ހައްދެއް އޮންނަންވާނެ ކަމަށެވެ. އަދި އެމަނިކުފާނު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގި ދެއްވާ އެއްބޭފުޅަކީ އަނދުން ޙުސައިނާއި އާރުކާޓީ ކަމަށް ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ގުރޫޕަށް ފަހުން އަނދުން ހުސައިން ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު އޭނާއަށް އަމާޒުކުރެއްވި ތުހުމަތުތަކުގެ ޗެޓު ލޮގު ހޯއްދަވަން އެދިވަޑައިގެންނެވި ނަމަވެސް އެ ޗެޓް ލޮގު ލިބިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގީ އިދާރާއަށް ހުށަހެޅުމަށް ވަޓްސްއަޕް ގްރޫޕުގައި 8 ވަނަ ދުވަހުގެ ރޭ 7:01 އިން 8:26 އަށް ކޮށްފައިވާ މެސެޖުތަކުގެ ކޮޕީއެއް ދިނުމަށް އޭނާ އެދިވަޑައިގެންފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ކަންކުރަންވީ ގޮތުގެ ލަފައެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ މަޖިލީހުގެ އާންމު ކޮމިޓީގައި އެދިވަޑައިގެންފައެވެ.

އެ މައްސަލާގައި މަޖިލީހުގެ އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޗެޓްލޮގްތައް ދިނުމަށް ފާސްކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ. ކޮމެޓީގެ އަޣުލަބިއްޔަތުން މިއަދު ފާސްކޮށްފައިވަނީ އެ ޗެޓު ލޮގު މަޖިލީހުގެ ފަރާތުން އަނދުން ހުސައިނަށް ދިނުމަށް މަޖިލީހުގެ ރައީސަށް ލަފާ އެރުވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން