ރައީސް ނަޝީދާއި ހަސަން ލަތީފް
ރައީސް ނަޝީދާއި ހަސަން ލަތީފް
އައްޑޫ އެމްޑީޕީ މެންބަރުންގެ އެންމެބޮޑު އެދުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދެރަގޮތެއް ވިޔަނުދިނުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މިހާރުގެ މެންބަރު ޙަސަން ލަތީފް މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ކެންޕޭނަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. ކުރިއަށްއޮތް އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ޙަސަން ލަތީފުގެ ތާޢީދު ދެއްވާފައިވަނީ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށެވެ.

ޙަސަން ލަތީފް ވިދާޅުވީ އައްޑޫގެ އެމްޑީޕީ މެމްބަރުންގެ އެންމެބޮޑު އެދުމަކީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުން ކަމަށެވެ. އަދި ރައީސް ނަޝީދަށް ދެރަގޮތެއް ވިޔަނުދިނުން ކަމަށް ޙަސަން ލަތީފް ވިދާޅުވި އެވެ.

""ލިބުނު އުފާވެރިކަމަކީ "އިންތިއާއި އެކު" އެ މަސައްކަތުގައި ފޫގަޅާފައި އެ މެންބަރުން ތިބިކަން، ވަރަށް ބޮޑަށް ޝުކުރިއްޔާ އައްޑޫ އެމްޑީޕީ،" ޙަސަން ލަތީފް ވިދާޅުވިއެވެ.



މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ, އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހެވެ.

މި އިންތިހާބުގައި ވާދަކުރަށްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން