އެމްޑީޕީއަކީ ކަލްޓް ހަދައިގެން އުޅޭ ބައެއްކަމަށް ބުނަމުން ގެންދާ ފަރާތްތަކަށް އެމްޑީޕީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ރައްދު ދެއްވައިފިއެވެ.

ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، އެމްޑީޕީ އަކީ ކަލްޓު ހަދައިގެން އުޅޭ ބައެއްކަމަށް ބައެއްމީހުން ބުނަމުން ގެންދާކަމަށެވެ. ނަމަވެސް އެމްޑީޕީން ރާއްޖެއަށް ތަޢާރަފްކުރީ ވާދަވެރި ސިޔާސީ ނިޒާމް ކަމަށް އޭނާ ވިދާޅުވިއެވެ.

"ތެދުފުޅެއް. އަޅުގަނޑުމެންނަކީ އަލަށް ރާއްޖޭގައި ޕާޓީ ނިޒާމު ތަޢާރަފުކޮށްގެން އަލަށް ޕާޓީ ހަދައިގެން އުޅޭ މީހުން. އަދި އަޅުގަނޑުމެންގެ ތެރޭގައި ދެބަސްވާ ވާހަކަ އެބަ ވިދާޅުވޭ. ދަންނަވަންތޯ އެމްޑީޕީ ވިހެއީވެސް ދެބަސްވުމުގެ މައްޗަށް. އެމްޑީޕީ އަބަދު ދެމިއޮންނަނީވެސް ހަމަ ގަދަޔަށް ޒުވާބުކުރުމާ، ދެބަސް ވުމާ، ބަހުސްކޮށްގެން ކަންކަން ނިންމުމުގެ މައްޗަށް." މިއަދުގެ ޖަލްސާގައި ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީ ރާއްޖެއަށް ގެނައީ ވާދަވެރި ސިޔާސީ ނިޒާމު ކަމަށާއި، އެމްޑީޕީން ބޭނުންވަނީ ވެސް ރާއްޖޭގައި ޢަދާވާތްތެރި ސިޔާސީ ނިޒާމެއްގެ ބަދަލުގައި، ވާދަވެރި ސިޔާސީ ނިޒާމެއް އޮތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުހައްޤުން 27 ފަހަރު ޖަލަށްލެވުނު ކަމަށާއި، އެހެންނަމަވެސް ވެރިކަން ލިބިވަޑައިގެންނެވުމުންވެސް އެކަމުގެ ބަދަލު ހިއްޕަވާފައި ނުވާކަމަށް ވަޙީދު ވިދާޅުވިއެވެ.

މެމްބަރު ވަޙީދު ވިދާޅުވީ ޤާނޫނަކުން އެއްވެސް ކަމެއް ޙަޤީޤަތަކަށް ނުހެދޭނެ ކަމަށާއި، އަދި ޝައްކަކަށް ޔަޤީނެއް ބަދަލު ނުވާނެ ކަމަށެވެ. ވަހީދު ވިދާޅުވީ ރާއްޖޭގައި މިއޮތީ ނުރައްކާތެރި ޙާލަތެއް ނޫންކަމަށް ޤަބޫލުކުރާ އިންސާނަކު ނޫޅޭނެކަމަށާއި، ޤާނޫނު އަސާސީގައި ބުނެފައިވަނީ ނުރައްކަލުގެ ޙާލަތުގައި ތިބެ ޤާނޫނު އަސާސީ ބަދަލު ނުކުރުމަށް ކަމަށެވެ.

އެހެންކަމުން ނުރައްކަލުގެ ޙާލަތުގައި ތިބެ ޤާނޫނު އަސާސީ އިސްލާޙު ކުރުމަކީ ތާޢީދު ކުރަށްވާ ކަމެއް ނޫން ކަމަށް ވަޙީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

އަހުމަދު ހަސަން

27-May-2020

ވަހީދު ބުނަން ވާހަަކައެއް. ތިޔަބުނާ ކަލްޓް އަކީ ކުރިމަތީ އޭނި ފިތުނަބޭ. ކަލްޓް ނެތޭ ބުނީމަ , ހިނގާ ކަލްޓްގެ ހަޤީގަތް ބަލާލަމާ. ހަދަންވީ ގޮތަކީ ފިތުނަބޭ ކުރާ ބޭއިންސާފު ކަންކަމާ (މިހާރުވެސް ވަހީދުމެން ބައެއް ކަންކަން ގަބޫލްކުރޭ) ފިލާ ތިބެ ދެކޮޅު ނުހަދާ ފާޅުގައި ނިކުމެ ގޮވަން ފަށާބަލަ. އޭރުން ކުރިމަތިން ފަހަތުން އަދި ބިމު އަޑިން ފިތުނަބޭގެ ކަލްޓްކަން ހުރިވަރު ދައްކާލާނެ. މިއީ އަހަރެމެން ދިވެހިންގެ ލޯ ކުރިމަތީ ފިތުނަބޭ އެތަކެއް ފަހަރު ކުޅެފަހުރި ކުޅި.


14

ކެކެކެ

27-May-2020

ހަމަ ކަލްޓެއް! ހަމަ ކަލްޓެއް! ހަމަ ކަލްޓެއް! ހަމަ ކަލްޓެއް! ހަމަ ކަލްޓެއް! ހަމަ ކަލްޓެއް! ދީބަލަ ރައްދު



ޓްރެންޑިން