ޤައުމިއްޔަތަކީ ފިލްމެއް ކުޅެގެން އަންނަ އެއްޗެއް ނޫން ކަމަށް މާފަންނު މެދު ދާއިރާގެ މަޖިލީސް މެމްބަރު، އިބްރާހިމް ރަޝީދު ބޮންޑޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގައި މެންބަރު ބޮންޑޭ ވިދާޅުވީ ޤައުމިއްޔަތު ދިރުވުމަށް ދާޚިލީ ވުޒާރާއިން ދޮންބަންޑާރައިންގެ ފިލްމެއް ތައްޔާރުކުރުމަށް މަސައްކަތްކުރާ ކަމަށެވެ. އެހެންނަމަވެސް ޤައުމިއްޔަތަކީ ފިލްމެއް ކުޅެގެން އަންނަ އެއްޗެއް ނޫން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
މެންބަރު ބޮންޑޭ ވިދާޅުވީ ޤައުމިއްޔަތެއް ބިނާވަނީ އެޤައުމެއްގައި ތިބޭ ރައްޔިތުން އެޤައުމެއްދެކެ ލޯބިވާން ފެށުމުން ކަމަށެވެ. އަދި ރައްޔިތުން ޤައުމީ ސަލާމްދެކެ ލޯބިވަނީ ރައްޔިތުންނަށް ޤައުމުގައި އުޅެން ލުއިފަސޭހަ ވުމުންކަމަށާއި އެޤައުމުގެ އިޙުސާސްތައް ރައްޔިތުންނާއެކު ހިމެނުމުން ކަމަށް ބޮންޑޭ މިއަދު ވިދާޅުވިއެވެ.
"އެ ޤައުމެއްގެ ތެރޭގައިހުރި ހުރިހާ އިޙްސާސަކީ ރައްޔިތުމީހާއަށް ހުރި ނުރަނގަޅު އިޙުސާސްކަމަށް ވީމާ އެޤައުމެއްދެކެ އެމީހާ ނަފްރަތު ކުރާނެ." ބޮންޑޭ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ބޮންޑޭ ވިދާޅުވީ އިސްލާމްދީނަކީ އިލްމު އުނގެނުމަށް ބާރުއަޅާ ދީން ކަމަށާއި ޢިލްމުވެރިއެއްކަމަށް ބުނެ ވަކި މީހަކު ދަޢުވާކުރާނަމަ އެމީހެއްގެ ސިކުނޑި އެހުރީ ބަންދުވެފައިކަމަށެވެ. ޤައުމިއްޔަތެއް ބިނާވާނީ ހާސްކަމުން ނެއްޓި ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ގޮތް ވެގެންކަން ބޮންޑޭ މިއަދު ފާހަގަކުރެއްވިއެވެ.
ބޮންޑެ ވިދާޅުވީ އެންމެ ފޮތެއް ކިޔުމުން ލިބޭނީ އެފޮތުގައި ހުރި މަޢުލޫމާތު ކަމަށާއި ގިނަފޮތް ކިޔުމުން ގިނަ މަޢުލޫމާތު ލިބޭނެ ކަމަށެވެ. ހަމައެއާއެކު ކީރިތި ޤުރުއާނަކީ ޢިލްމުގެ ފުން ކަނޑެއް ކަމަށާއި އެފޮތް ދިރާސާކޮށް ދުވަހަކު ނުނިމޭނެކަން ބޮންޑޭ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު