ފުލުހުން މީގެ ކުރިން އަތުލައިގަތް ބަނގުރާފުޅިތަކެއް
ފުލުހުން މީގެ ކުރިން އަތުލައިގަތް ބަނގުރާފުޅިތަކެއް
ބަނގުރާ ހިފައިގެން ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް މުލިއާގޭ ފާރަށް އަރައި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑު ކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ދަނިކޮށް ކޮންޓްރޯލް ނުވެ ގޮސް މުލިއާގެ ފާރުގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ބަންގްލަދޭޝް ފިރިހެނަކަށް އަނިޔާވެފައިވާއިރު އެ ސައިކަލުގައި ހުރި ކޮތަޅަކުން ބަނގުރާފުޅިތަކެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިއަދު ހަވީރު 16:30 ހާއިރު މި އެކްސިޑެންޓް ހިނގާފައިވާއިރު، އަނިޔާވިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން