ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި މާލެ ޓީ-ޖެޓީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ޙަވާލުކުރީ މުއްދަތެއް ނެތް ގޮތަށްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން މިކަން ހާމަކޮށްފައި މިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ހަވާލުކޮށްފައިވާ މާލޭ ޓީޖެޓީއާ ޙަވާލުވުމަށް ސިޓީ ކައުންސިލުން އިއްޔެ ފާސްކުރުމުންނެވެ.

ސިޓީ ކައުންސިލުން އިއްޔެ ނިންމާފައިވަނީ ސިޓީ ކައުންސިލާ ޓީޖެޓީ އަނބުރާ ހަވާލުކުރަން އެމްޕީއެލަށް ދިން ތިން މަސްދުވަހުގެ މުއްދަތު އަންނަ އާދީއްތައަށް ހަމަވާތީ، ޓީޖެޓީ އާ ހަވާލުވުމަށް ކައުންސިލުން ކުރަންޖެހޭ ކަންތައްތައް ފެށުމަށެވެ.

މިކަމާއި ގުޅިގެން އެމްޕީއެލުން ބުނީ އެ ކުންފުންޏާއި ޓީޖެޓީ ހަވާލުކޮށްފައިވަނީ އެމްއޯޔޫއެއްގައި ސޮއިކޮށް 2015 ވަނަ އަހަރު ހައުސިންގ މިނިސްޓްރީންކަމަށެވެ. އަދި އެތަން އެ ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާއި ހައުސިންގ މިނިސްޓްރީއަށްކަމަށްވެސް އެމްޕީއެލުން ބުނެއެވެ.

އެކުންފުންޏާއި ހައުސިންގ މިނިސްޓްރީއާއި ދެމެދު ސޮއި ކުރި އެމްއޯޔޫގެ މުއްދަތު ހަމަވެފައިވާ ވާހަކަ މީޑިއާގައި ދައުރުވަމުންދިއުމާއި ގުޅޭގޮތުން އެކުންފުނިން ބުނީ އެމްއޯޔޫގައި މުއްދަތެއް ބަޔާންކޮށްފައި ނެތްކަމަށެވެ.

ޓީޖެޓީ ސަރަހައްދު އެމްޕީއެލްގެ ދަށުގައި އޮތުމުން މާލޭގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޓީޖެޓީ އެމްޕީއެލާއި ޙަވާލު ކުރިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުޢިއްޒުއެވެ. ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން މާލެ ސިޓީއާއި އެ ސަރަހައްދުގެ ހުރިހާ ބިމަކާއި ފަޅާއި އެހެނިހެން ތަންތަނަކީ ސިޓީ ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ތަންތަނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން