ނޯތު ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގައި، އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މި މަހު 20 ވީ ހުކުރު ދުވަހުގެ ހަވީރު ކަމަށެވެ. މި މައްސަލަ ރިޕޯޓްކުރުމާއެކު، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މައްސަލައިގެ ތަހުގީގު ވަގުތުން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް މި މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރިއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި، އަނިޔާ ލިބޭ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ހާދިސާ ހިނގި ރަށާއި ކުއްޖާގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު