ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަމަށާއި، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ފަޅު އެއްކޮށް ހިއްކައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކުވެސް ކުރިއަށްދާ ކަމަށެވެ. އަދި އޭޕްރީލް މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައި، ސަރވޭގެ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، ޖޫން މަހުގެ ތެރޭގައި ގޯތިތައް ޙަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މީގެ ކުރިން ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އޮތުމަށްފަހު އަލުން ހަލުވިކަމާއެކު ފަށާފައިވަނީ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހުއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަނީ ރާއްޖެއަށް ގެނެސްފައިވާ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ 'އޮރަންޖީ' ޑްރެޖަރު ބޭނުންކޮށްގެންނެވެ. މިއީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ހުރި ޒަމާނީ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ.
ސަރުކާރުން ވަނީ ގިރާވަރުފަޅުން ޖުމްލަ 4,072 ގޯއްޗެއް ދޫކުރުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު