ބީއެމްއެލްގެ އީދު ސައި ހަރަކާތުގެ ތެރެއިން، ފޮޓޯ: ބީއެމްއެލް-
ބީއެމްއެލްގެ އީދު ސައި ހަރަކާތުގެ ތެރެއިން، ފޮޓޯ: ބީއެމްއެލް-
ފިޠުރު ޢީދުގެ އުފާ ފާޅުކުރުމަށާއި މުޖުތަމަޢުގެ ބަދަހިކަން އިތުރުކުރުމުގެ މަޤްޞަދުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން ޢީދު ސައި ބާއްވައިފިއެވެ.

މިއަހަރުގެ ފިޠުރު ޢީދު ދުވަހު ބޭއްވި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ބީއެމްއެލްގެ ބްރާންޗްތައް ޤާއިމުކޮށްފައިވާ ރާއްޖޭގެ 33 ރަށެއްގައެވެ. މި ހަރަކާތްތައް ރޭވުމުގައި ބޭންކުން ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ރަށު ފެންވަރުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކާ ގުޅިގެން މަސައްކަތް ކޮށްފައެވެ.

މި ޢީދު ސައިގެ މައިގަނޑު ބޭނުމަކީ އާއިލާތަކާއި ރަށުގެ ހުރިހާ ރައްޔިތުންނަށް އެކުވެރި މާހައުލެއްގައި ބައްދަލުވެ، ޢީދުގެ އުފާ ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ބީއެމްއެލް އިން ހާމަކުރިއެވެ. މިގޮތުން ބޭއްވި ސައިތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ބައިވެރިވެ، އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައިވެއެވެ.

ބީއެމްއެލް އިން ޢީދު ސައި ބޭއްވުމުގެ މި ހަރަކާތް ފަށާފައިވަނީ 2019 ވަނަ އަހަރުގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ބޭންކުން އަންނަނީ މި ހަރަކާތް ފުޅާކުރަމުންނެވެ. މިއީ މުޅި ރާއްޖޭގައި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށާއި، މުޖުތަމަޢަށް ފައިދާހުރި ކަންކަމުގައި ބޭންކުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ވަރަށް މުހިންމު ހަރަކާތެއްކަމަށް އެ ބޭންކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު