އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި، ދިވެހިރާއްޖޭގެ ސަގާފީ ފަންނުވެރިކަން ރަމްޒުކޮށްދޭ ތުނޑުކުނަލެއް ޑިސްޕްލޭ ކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގެ އުފެއްދުމެއް އދ. ގެ މައި މަރުކަޒުގައި ދާއިމީގޮތެއްގައި ބެހެއްޓުނު ފުރަތަމަ ފަހަރެވެ.
މި ތުނޑުކުނަލަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިވެހި ސަރުކާރުން އެ އިދާރާއަށް އެރުވި ހަނދާނީ ހަދިޔާއެކެވެ. ރާއްޖޭގެ ތުނޑުކުނަލެއް އދ. ގައި ބެހެއްޓުމަށް ނިންމެވީ، 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އދ. ގެ މައި މަރުކަޒުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ކުނާ އިފްތިތާހުކޮށްދެއްވީ، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދެވެ.
މި ތުނޑުކުނަލަކީ ދިވެހި ފަންނުވެރިކަމުގެ ހުނަރުވެރިކަން ދުނިޔޭގެ ފެންވަރުގައި ދައްކާލުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މި ކުނާ ފަރުމާކޮށް ވިޔެފައިވަނީ ތުނޑުކުނާ ވިޔުމުގެ މަސައްކަތަށް ރާއްޖޭގައި އެންމެ މަޝްހޫރު ރަށް ކަމަށްވާ ގދ. ގައްދޫގެ ކަސްބީ ފަންނުވެރިއެކެވެ.
އދ. ފަދަ ބައިނަލްއަގުވާމީ އެންމެ ބޮޑު މަރުކަޒުގައި ދިވެހިރާއްޖޭގެ ސަގާފީ މަސައްކަތެއް ދައްކާލުމަށް ބެހެއްޓުމަކީ، ދިވެހި އަމިއްލަވަންތަކަމާއި ފަންނުވެރިކަން ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް އިޝްތިހާރުވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު