މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، މިއަދާ ހަމައަށްވެސް އެ ބަދަލު އަމަލީ ގޮތުން ފެންނަން ނެތް ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ވަރަށް ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މިދިޔަ ހަފުތާގެ ތެރޭގައި އެސްޓީއޯއިން ވަނީ ވިޔަފާރިތަކަށް ވިއްކާ ތެލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. ނަމަވެސް، އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކާއި، ރަށްރަށުގައި ތެޔޮވިއްކާ އަމިއްލަ ޝެޑްތަކަށް އެ ބަދަލުން އިސްތިސްނާ ދިނުމަށް ފަހުން ވަނީ ނިންމާފައެވެ.
މި ބަދަލާ ގުޅިގެން މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ފުރަތަމަ ބޮޑުކުރި ނަމަވެސް، މަސްވެރިންނަށް ކުރިއެކޭ އެއް އަގެއްގައި ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ. އެހެންނަމަވެސް، ބީކޭއެމްޔޫއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޔަގީންކަން ދިންތާ ދެދުވަސް ވެގެންދިޔައިރުވެސް، މާލެ ސަރަހައްދުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބެމުން ނުދާ ކަމަށެވެ.
ރާއްޖޭގެ ތާރީޚުގައިވެސް ތެލުގެ އަގު މިއިން ދުވަހަކު ބޮޑުނުވާ މިންވަރަށް އުފުލިފައިވާކަން ފާހަގަކޮށް، އެ ޔޫނިއަނުން ބުނީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށްވާ މަސްވެރިކަން، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މުޅިން ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. މިއީ ރާއްޖޭގެ ގިނަ އާއިލާތަކެއްގެ ދިރިއުޅުމާ ގުޅިފައިވާ ސިނާއަތަކަށް ވާތީ، މިކަމުގެ ސަބަބުން އޮޑިވެރިންނަށާއި މަސްވެރި އާއިލާތަކަށް ފޫނުބެއްދޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބީކޭއެމްޔޫއިން ވަނީ މިވަގުތުން މިވަގުތަށް މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ކުރިންވެސް، ރާއްޖޭގައި ޑީސަލްގެ އަގު އެކަށީގެންވާ މިންވަރަކަށް ދަށްނުވުމާއި، މަސްވެރިންނަށް ބޭނުންވާ އައިސް ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން މަސްވެރިން ދިޔައީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަސްވެރިން އެދެނީ ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް، އަމަލީ ގޮތުން މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު