ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން (ވ)
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން (ވ)
ހުޅުމާލެ ވަކި ސިޓީއަކަށް ހަދައި އަވަސް އިންތިޚާބެއް ބޭއްވުމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ގޮވާލައްވައިފިއެވެ.

ހުޅުމާލޭގެ މިލްކުވެރިކަމާމެދު މާލޭ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން މެންބަރު ސަޢުދު ޙުސައިން މިއަދު ވަނީ އެމައްސަލައަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ހުޅުމާލެ ވަކި ސިޓީއަކަށް ހެދުން ކަމަށް ވިދާޅުވެފައެވެ.

ސަޢުދު ވިދާޅުވީ ހުޅުމާލެ އަކީ މާލޭ ސިޓީގެ ބައެއް ނޫން ކަމަށާއި ހުޅުމާލެ ވާންޖެހޭނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ހިންގާ ވަކި ސިޓީއަކަށް ކަމަށެވެ. އޭގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދޭންވާނީ ލާމަރުކަޒީ އުސޫލުން ކަމަށްވެސް މެންބަރު ސަޢުދު ވިދާޅުވިއެވެ.

"ހުޅުމާލެ ވަކި ސިޓީ އަކަށް ހަދައި އަވަސް އިންތިޚާބެއް ބާއްވަން ޖެހޭ." މެންބަރު ސަޢުދު ވިދާޅުވިއެވެ.



މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ އެޗްޑީސީގެ މައްޗަށް ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރަން ފާސްކޮށްފަ އެވެ.

އެހެން ނަމަވެސް އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލެ އަކީ އެ ކުންފުނީގެ ބިމެއް ކަމަށާއި އެތަނަށް ސިޓީ ކައުންސިލްގެ ބާރު ނުހިނގާނެ ކަމަށެވެ. އަދި ކައުންސިލްގެ ނިންމުން ގާނޫނާ ޚިލާފު ކަމަށާއި އެ ނިންމުމުގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން