ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާއި ދެކޮޅައް ކުރި މުޒާހަރާތަކުގައި އިސް ދައުރެއް އަދާކުރި ޒުވާނުންގެ ލީޑަރަކު މަރުވުމާއި ގުޅިގެން އެގައުމުގައި މުޒާހަރާތައް އަނެއްކާވެސް ހޫނުވެއްޖެެެވެ.
ޝަފީ އުސްމާން ހާދީ ނަމަކަށް ކިޔާ މިދަރިވަރު މަރުވީ ބަޑީގެ ހަމަލާއަކުން ޒަހަމްވެ ސިންގަޕޫރައް ފޮނުވައިގެން އެގައުމުގައި ފަރުވާ ކުރަމުން ދަނިކޮށެވެ. ސިންގަޕޫރުގެ ޑޮކްޓަރުން ވަނީ އޭނާގެ ފުރާނަ ސަލާމަތް ކުރަން ވަރަށް މަސަކަތްކޮށްފައެވެ.
މި މަހު 12 ވަނަ ދުވަހު ރިކްޝާއެއްގައި ދަތުރު ކުރަނިކޮށް އުމުރުން 32 އަހަރުގެ ހާދީ އަށް ދިން ބަޑީގެ ހަމަލާ އަމާޒުވީ އޭނާގެ ބޮލަށެވެ. އޭނާއަށް ހަމަލާދިނީ މޮޓޯސައިކަލެއްގައި ދަތުރު ކުރި މީހެކެވެ.
މި މައްސަލާގައި އެގައުމުގެ ފުލުހުން ވަނީ މިހާތަނަށް 20 މީހަކު ހައްޔަރު ކޮށްފައެވެ.
ހާދީގެ މަރުގެ މައްސަލާގައި އެގައުމުގައި މުޒާހަރާތައް ހޫނުވެފައިވާއިރު މުޒަަހަރާގެ ބައިވެރިން ބުނެފައިވަނީ ހާދީ އަކީ ޝަހީދެއް ކަމަށެވެ.
މިހާރު މަރުގެ ހުކުމް އިއްވާފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. ޝެއިހް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ ކޮލެޖާއި ޔުނިވަރސިޓީތަކުގައި ކިޔަވަމުންދިޔަ ދަރިވަރުންނާއި ޒުވާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު