އެނބުރި އެމްޑީޕީ ހަރުގެއަށް މިރޭ ވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އޭގެއިތުރުން އެމްޑީޕީގެ ރައީސްކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރެއްވީ މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓަށް ވާދަކުރަށްވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްގެ ކެމްޕޭން އިވެންޓެއްގެ ފޮޓޯ ވަޓްސްއެޕް ގްރޫޕެއްގައި ޙިއްސާ ކުރަށްވަމުންނެވެ.
މީގެކުރިން ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ ޕްރައިމަރީގައި އަލީ އާޒިމަށް ތާއީދު ކުރައްވާކަން ހާމަކުރަށްވާފައެވެ. ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ މިއިވެންޓް އޮންނާނީ މިރޭ 8:30 ގައި އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުންނަ އެމްޑީޕީ ހަރުގޭގައެެވެ.

ރައީސް ނަޝީދު ޙިއްސާކުރެއްވި މެސެޖް
މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ޕާޓީގެ ޓިކެޓް ހޯދުމަށް ކުރިމަތިލެއްވީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި އަލީ އާޒިމް އެވެ.
އަލީ އާޒިމަކީ ރައީސް ނަޝީދާއެކު އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ އަލުން އެމްޑީޕީއަށް ވަޑައިގެންނެވީ މިއަހަރުއެވެ. އަދި ރައީސް ނަޝީދުވެސް ވަނީ 23 ޖޫންގައި އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު