އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު (ކ)
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު (ކ)
މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުގެ ބޭނުމަކީ އިންވެސްޓަރުންގެ ޝައުޤުވެރިކަން ނަގާލުން ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މެންބަރު ޝިފާއު މިމޭރުމުން ވިދާޅުވެފައި މިވަނީ މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއްގެ ރަޖިސްޓްރީ ބާތިލްކޮށް އެރަށް ކައުންސިލަށް ނެގުމަށް ފާސް ކުރުމާއި ގުޅިގެންނެވެ. އޭގެ އިތުރުން ހުޅުމާލެއަކީ މާލޭސިޓީ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި އޮންނަ ސަރަޙައްދެއް ކަމަށް މޭޔަރު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޝިފާއު ވިދާޅުވީ މުއިއްޒު ގެ އަސްލު ބޭނުމަކީި އިންވެސްޓަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދައި ޝައުގުވެރިކަން ނަގާލުން ކަމަށެވެ. އޭގެއިތުރުން ހުޅުމާލޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮއްދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް ހުރަސް އެޅުމަކީވެސް މުޢިއްޒުގެ އަމާޒެއް ކަމަށް ޝިފާއު ތުހުމަތު ކުރެއްވިއެވެ.

މާލޭ ސިޓީ ކައުންސިލާއި ޑރ. މުއިއްޒު ކޮންމެ ހުރަހެއް ކުރިމަތި ކުރި ނަމަވެސް "މިސަރުކާރުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮއްދޭނެ" ކަމަށް މެންބަރު ޝިފާއު ވިދާޅުވިއެވެ.



އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ގެންނަން އިއްޔެ ވަނީ ފާސްކޮށްފައެވެ.

އެގޮތަށް ފާސްކުރީ އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ އާންމު ޖަލްސާގައެވެ. އެގޮތަށް ފާސްވީ ސިޓީކައުންސިލްގެ 12 މެމްބަރުންގެ އަޣުލަބިއްޔަތުންނެެވެ. ހުޅުމާލެ އެޗްޑީސީގެ ދަށަށް ބަދަލުކޮށް އެކުންފުނީގެ ތަނެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިނީ މުޢިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގެ ދަށުގައި ނިމިދިޔަ ވެރިކަމުގައެވެ. ކުއްލިއަކަށް ހުޅުމާލެ ރަޖިސްޓްރީ ބަދަލުކުރަން ކައުންސިލުން ނިންމާފައި މިވަނީ ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި އިދިކޮޅު ކޯލިޝަންގެ ބައްދަލުވުމެއް ބާއްވަން ސިޓީ ކައުންސިލުން ހުއްދަ ދީފައި ވަނިކޮށް އެޗްޑީސީން އެކަމަށް ހުރަސް އަޅަން ނިންމި ހިސާބުންނެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި އެއްވެސް ކަމެއް ކުރެވޭނީ އެޗްޑީސީގެ ހުއްދަ ލިބިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން