އައިޖީއެމްއެޗް ހޮސްޕިޓަލް
އައިޖީއެމްއެޗް ހޮސްޕިޓަލް
މާލޭގައި އަންހެނަކު އޭނާގެ ފިރިމީހާގެ ބަނޑަށް ވަޅި ހަރައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޙާދިސާ ހިނގާފައިވަނީ މިިދިޔަ ހޯމަ ދުވަހުއެވެ. ދެމަފިރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ހިނގި މިޙާދިސާގައި އަނބިމީހާ އޭނާގެ ފިރިމީހާ ގަޔަށް ވަޅި ޖެހުމުން ފިރިމީހާއަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ.

ފުލުހުން ބުނީ މާލޭގައި ދެ މީހެއްގެ ދެެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ މައްސަލައެއް މިިދިޔަ ހޯމަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ޒަޚަމްވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންބުނީ އެ މައްސަލަ އިތުރަށް ތަޚްޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން