އިސްރާއީލުން ސީރިއާއަށް ދިން ވައިގެ ހަމަލާގައި ސީރިއާގެ އާންމުންގެ ތެރެއިން ދެ މީހަކު މަރުވެ ސިފައިންގެ ހަ މީހުން ޒަޚަމްވެއްޖެއެވެ.


ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތައް އަމާޒުވީ ސީރިއާގެ ދެ ސަރަހައްދަކަށެވެ. އަދި މި ހަމަލާތަކުގައި އާންމުންގެ ދެ މީހަކު ވަނީ މަރުވެފައެވެ. އަދި ސީރިއާ ސިފައިންގެ ހަ މީހަކު ވަނީ މި ހާދިސާގައި ޒަޚަމްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީރިއާގެ އަސްކަރީ އޮފިޝަލަކު ވިދާޅުވީ އިސްރާއީލު ސިފައިންގެ މަތިންދާ ބޯޓްތަކުން މިސައިލްތައް އުދުއްސާލީ ލުބުނާންގެ މަތިން ދަތުރުކޮށްފައިދަމުން ކަމުގައި ބެލެވޭ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އިސްރާއީލުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފާއިތުވި އަހަރުތަކުގައި އިސްރާއިލުން ވަނީ ސީރިއާގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތައް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު