އަޝްވާގް ފައުޒީ   4 ފެބްރުއަރީ 2026 - 7:38
މާލޭގެ މާވެޔޮމަގުގައި ރޭ ހިނގި އެކްސިޑެންޓަކާ ގުޅިގެން، އުމުރުން ދުވަސްވީ މީހަކު އައިރުޅީގައި ޕިކަޕަކަށް ގެއްލުން ދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ މާވެޔޮމަގުން ދަތުރުކުރި ޕިކަޕެއް، އެ މަގުން ދުއްވާފައި ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ސައިކަލުގައި ޖެހިގެންނެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، އެކްސިޑެންޓް ހިނގުމާއެކު ސައިކަލުގައި އިން މީހާ ވަނީ ނުހަނު ބޮޑަށް ރުޅިގަދަވެ، ސައިކަލުން ތެދުވެ ގޮސް ޕިކަޕުގެ ލޯގަނޑު (ސައިޑް މިރަރ) ނައްޓާލާފައެވެ. އެވަގުތު އޭނާއާއެކު ސައިކަލުގައި އިން އޭނާގެ އަންހެނުން ވަނީ، އޭނާ ހުއްޓުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.

މި ހާދިސާގައި ޕިކަޕަށް ގެއްލުންތައް ދިންއިރު ސައިކަލަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ސައިކަލުގައި ތިބި އުމުރުން ދުވަސްވީ މީހާއަށް އަދި ފަހަތުގައި ހުރި އަންހެންމީހާއަށް ގެއްލުމެއް ލިބުނު ކަމެއް ސާފެއް ނުވެއެވެ.

އެ ޕިކަޕު ދުއްވަން އިނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. މާލޭގެ މަގުތަކުގައި ބިދޭސީން ދުއްވާ ޕިކަޕުތަކުން އާންމުކޮށް ބާރު ސްޕީޑުގައި ދުއްވާތީ، އާންމުންގެ މެދުގައި އަބަދުވެސް ކަންބޮޑުވުން އޮވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމެއް ނުވަތަ ނޫންކަމެއް އަދި ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު