ހުޅަނގު އޮސްޓްރޭލިއާގެ ކުއިންޑަލަޕް އައްސޭރިފަށުގައި އާއިލާއާއެކު ކަޔަކް އަދި ޕެޑަލްބޯޑް ދުއްވަން އުޅުނު އުމުރުން 13 އަހަރުގެ އޮސްޓިން އެޕަލްބީ، އޭނާގެ މަންމައާއި ދެ ކޮއްކޮގެ ފުރާނަ ސަލާމަތްކޮށްދީ ބަތަލަކަށް ވެއްޖެއެވެ.
ބާރުގަދަ ވަޔާއެކު އާއިލާ ކަނޑުގެ މެދަށް ދަމައިގަތުމުން، އެހީ ހޯދުމަށްޓަކައި އޮސްޓިން ވަނީ ގަދަ ކަނޑުގައި 4 ކިލޯމީޓަރުގެ ރާސްތާއެއް ފަތާފައި ކަނޑު ހުރަސްކޮށްފައެވެ.
އިރުއޮއްސި އަނދިރިވަމުން ދިޔަ ވަގުތު، އޮސްޓިން ދުއްވަން އިން ކަޔަކަށް ފެންވަދެ އަޑިއަށް ދާން ފެށުމުން އޭނާ ނިންމީ ފަތާފައި އެއްގަމަށް ދިއުމަށެވެ.
ލައިފް ޖެކެޓަކާ ނުލައި، ގަދަ ރާޅުތަކާ ހަނގުރާމަކުރަމުން ގާތްގަނޑަކަށް ދެ ގަޑިއިރުވަންދެން ފެތުމަށްފަހު އެއްގަމަށް އެރުނުއިރު އޭނާ ހުރީ މުޅިން ވަރުބަލިވެފައެވެ. ނަމަވެސް، ހިތްވަރު ދޫނުކޮށް އިތުރު ދެ ކިލޯމީޓަރަށް ދުވެފައި ގޮސް ފޯނެއް ހޯދައި ކަމާބެހޭ ފަރާތްތަކަށް އޭނާ ވަނީ މި ހާދިސާގެ މައުލޫމާތު ދީފައެވެ.
މި މައުލޫމާތު ލިބުމާއެކު ހެލިކޮޕްޓަރެއް ބޭނުންކޮށްގެން ފެށި ރެސްކިއު އޮޕަރޭޝަނެއްގައި، ވަނީ އޮސްޓިންގެ މަންމައާއި ދެ ކޮއްކޮ ހޯދައި ސަލާމަތް ކޮށްފައެވެ.
އެމީހުން ފެނުނުއިރު ތިބީ ޕެޑަލްބޯޑެއްގައި ހިފަހައްޓައިގެންނެވެ. މެރިން ރެސްކިއު އޮފިޝަލުން އޮސްޓިންގެ މި އަމަލަކީ "އިންސާނަކަށް ކުރަން އުނދަގޫ، އާދަޔާ ހިލާފު" މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، އޭނާގެ މަންމަ ބުނީ ދަރިފުޅުގެ މި ހިތްވަރާ މެދު ބުނާނެ އެއްޗެއްވެސް ނޭނގޭ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑުމަތީގެ ސަލާމަތީ ކަންކަމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު