ބޮލީވުޑްގެ ކާމިޔާބު ފިލްމު "ބޯޑާ 2" އަންނަ މާރޗު މަހު ނެޓްފްލިކްސް އަށް ނެރުމަށް ނިންމާފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ނިއުސް 18 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމު ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށާނީ މާރޗު މަހުގެ 10 ވަނަ ދުވަހުއެވެ.
1997 ވަނަ އަހަރު ރިލީޒްކުރި މަޝްހޫރު "ބޯޑާ" ފިލްމުގެ ސީކުއަލްއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަކީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގާފައިވާ ހަނގުރާމައަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ލީޑުން ފެނިގެންދާނީ ސަނީ ޑިއޯލް އާއި ވަރުން ދަވަންގެ އިތުރުން ދިލްޖީތު ދޯސަންޖެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނާ ގޮތުގައި، މި ފިލްމަކީ ގައުމީ ރޫހާއި ހަނގުރާމައިގެ މައިދާނުގައި ސިފައިން ދައްކުވައިދޭ ހިތްވަރު ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ.
ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބި، އާމްދަނީގެ ގޮތުން މި ފިލްމަށް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައެވެ. އެގޮތުން ބަލާއިރު ފިލްމު ނެރުނުތާ އެންމެ 9 ދުވަސްތެރޭ މި ފިލްމަށް ވަނީ 350 ކަރޯރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.
މި ފިލްމު ޕްރޮޑިއުސް ކުރުމަށް ހޭދަކޮށްފައިވަނީ 275 ކަރޯރު ރުޕީސް ކަމަށްވީއިރު، ސިނަމާތަކަށް ފިލްމު ނެރުނުތާ ހަފްތާއެއް ތެރޭގައި މި އަދަދު އަނބުރާ ހޯދިފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު