ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް
ގަލޮޅު ސްކޫލްގައި ތަޢުލީމް ހާސިލް ކުރަމުން ދިޔަ ހަތަރު އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ސްކޫލްގެ ހުރިހާ އަންހެން މަސައްކަތު މީހުން ވަޒީފާގެ މަސްޢޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.

އެ ސްކޫލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 29 އޮކްޓޯބަރު 2021 ވީ ހުކުރު ދުވަހުން ފެށިގެން އެ ސްކޫލުގައި މަސައްކަތު މީހުންގެ ގޮތުގައި އުޅޭ ހުރިހާ އަންހެން މުވައްޒަފުން ވަޒީފާގެ މަސްޢޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލުގެ 18 ސަރަހައްދެއްގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށްފައިވާ ކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.

ގަލޮޅޫ ސްކޫލްގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމުގެ މައުލޫމާތު ސްކޫލަށް ހުށަހެޅުމާއެކު އެކަން ތަޢުލީމީ ވުޒާރާއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ގެންދަނީ ބަލަމުންނެވެ. އެގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، މައްސަލަ ބަލާ ނިމެންދެން އެކަމުގައި ތުހުމަތު ކުރެވޭ ފަރާތް ސަސްޕެންޑު ކޮށްފައިވާ ކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މާލޭގެ ސްކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން