ޕެންޝަން އޮފީހުގެ ސީއީއޯ ޖޯން ގްރިންޑަލް
ޕެންޝަން އޮފީހުގެ ސީއީއޯ ޖޯން ގްރިންޑަލް
ޕެންޝަން އޮފީހުގެ ސީއީއޯ ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފިއެވެ.

މީގެ ކުރިން ސީއީއޯ ޖޯން، ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ދައުރުވާން ފެށުމުން އެކަން ދޮގުކޮށް، ޕެންޝަން އޮފީހުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި ވަނީ އެ ކުންފުނީގެ ސީއީއޯ ޖޯން މަގާމުން ވަކި ނުކުރާ ކަމަށާއި، ޖިންސީ ފުރައްސާރައިގެ އެއްވެސް މަސައްލައެއް އެއްވެސް އިރެއްގައި އޭނާއާއި ދެކޮޅަށް ހުށަހަޅާފައި ނުވާކަމަށް ބުނެފައެވެ.

ނަމަވެސް ޖޯން ގްރިންޑަލް އިއްޔެ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އޭނާ ވަކިކުރީ ޕެންޝަން އޮފީހުގެ ބޯޑުން ނިންމައިގެން ސުލޫކީ މައްސަލައެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އިންޝުއަރެންސް އަދި ޕެންޝަން ދާއިރާގައި ފުންނާބުއުސް ތަޖުރިބާކާރު ޖޯންއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މީގެ ކުރިން މަސައްކަތްކުރައްވައި، ޕެންޝަނާއި އިންޝުއަރެންސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. ޕެންޝަން އޮފީސް ވުޖޫދު ވީއްސުރެ ދިވެއްސަކު ފުރަމުން އައި ދިވެހީންގެ ޕެންޝަނާ ބެހޭ އޮފީހުގެ އެންމެ މަތީ މަގާމަށް ބިދޭސީއަކު އައްޔަން ކުރީ އެމަގާމަށް އެކަށީގެންވާ ދިވެއްސަކު ނުލިބިގެން ކަމެއް އެއޮފީހަކުން ހާމަކޮށްފައެއް ނުވެއެވެ.

ޔޫކޭއަށް ނިސްބަތްވާ ޖޯން ގްރިންޑަލް ޕެންޝަން އޮފީހުގެ ސީއީއޯ ގޮތުގައި އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން