އަހުމަދު ޝާހް   4 ސެޕްޓެމްބަރު 2021 - 12:15
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ރިޒާވް 30 އިންސައްތަ އިތުރުވެއްޖެއެވެ.


އެމްއެމްއޭއިން ޢާއްމު ކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓާގެ ރާއްޖޭގެ އިޤްތިޞާދީ އުސްއަލިތަކުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ ޖުމުލަ ރިޒާވްގައި ހުރީ 912.4 މިލިއަން ޑޮލަރެކެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ރިޒާވް 8 އިންސައްތަ އިތުރުވެފައިވާއިރު، ފުރަތަމަ ކުއާޓަރުގައި ރިޒާވް ހުރީ 844.7 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ރިޒާވް ކުއްލި ގޮތަކަށް އިތުރުވެފައި މިވަނީ ސަރުކާރުން ވިއްކި ސުކޫކްގެ ފައިސާއާއި އިންޑިއާގެ ކަރަންސީ ސްވޮޕްގެ ސަބަބުންނެވެ. ރާއްޖޭގެ ޖުމްލަ ރިޒާވް އާއްމު ކުރިނަމަވެސް ރާއްޖޭގެ ޔޫޒަބަލް ރިޒާވް އާއްމު ކުރުން އެމްއެމްއޭއިން ވަނީ ހުއްޓާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު