ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމުން ސައިފް އަލީ ޚާންގެ ފިރިހެން ދަރި ބޮލީވުޑަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

ނަމަވެސް ސައިފް އަލީ ޚާންގެ އިބްރާހިމް އަލީ ޚާން ބޮލީވުޑަށް ތައާރަފް ވަނީ ފިލްމީ ތަރިއެއްގެ ހައިސިއްޔަތަކުންނޫނެވެ. އޭނާ ފެނިގެންދާނީ ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު، "ރޮކީ އޮރ ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ހައިސިއްޔަތުންނެވެ.

ބޮލީވުޑުގައި ކެމެރާގެ ފަހަތުން އިބްރާހީމް ފެނިގެން ދިޔަނަމަވެސް، އޭނާގެ ދައްތަ ސާރާ އަލީ ޚާން ވަނީ މިހާތަނަށް 4 ހިންދީ ފިލްމަކުން ފެނިގެން ގޮސްފައެވެ.

މީގެ އިތުރުން ބޮލީވުޑަށް ފިލްމީ ތަރިއެއްގެ ހައިސިއްޔަތުން އިބްރާހީމް ތައާރަފް ކުރުމަށް ޕްރޮޑިއުސަރުންނާއި ޑިރެކްޓަރުން ތައްޔާރުވާ ވާހަކަވެސް މިފަހަކުން ވަނީ އިވިގެންގޮސްފައެވެ. މިގޮތުން ޒޯޔާ އަޚްތަރު ޑިރެކްޓް ކުރާ އިނގިރޭސި ސީރީޒް އާރޗީ ގެ މައްޗަށް ތައްޔާރު ކުރާ ހިންދީ ފިލްމުން އިބްރާހީމާއެކު، ޝާހްރުކް ޚާންގެ އަންހެން ދަރިފުޅާއި، ފިލްމީ ތަރި ޖާންވީ ކަޕޫރްގެ ކޮށްކޮ ބޮލީވުޑަށް ތައާރަފް ކުރުމުގެ މަސައްކަތުގެ ވާހަކަ މިފަހަކުން ވަނީ އާންމުވެގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން