އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު
ރައީސް ނަޝީދަށް ދިން ޙަމަލާއަށް ފަންޑު ކުރި ކަމުގެ ހެއްކެއް އަދި ތަހުގީގަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް ގުޅިގެން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލްވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ، މި ޙަމަލާއަށް ފަންޑު ކޮށްފައިވާ ގޮތް ބެލުމަށް 317 އަށް ވުރެ ގިނަ ބޭންކް ސްޓޭޓްމަންޓުތައް ބަލާފައިވާކަމަށެވެ. ނަމަވެސް އަދި އެފަދަ ފައިސާގެ ހަދިޔާއެއް ދިންކަމުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ބޮން ތައްޔާރު ކުރުމަށް ވަކިން އެޕާޓްމަންޓެއް ކުއްޔަށް ހިފާފައިހުރިކަން އެނގިފައިވާކަމަށެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އެސެސްމެންޓެއް ހެދިފައިވާ ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ. މިއީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ތެރެއިން ނަފުރަތާއި ރުޅިވެރިކަމުގެ ތެރެއިން ދީފައިވާ ޙަމަލާއެއްކަން، މިހާތަނަށް ހޯދި ހޯދުމުން އެނގިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މެއިހައެއްގެ ހަމަލާގެ ތަހުގީގު ހިނގަމުން ދަނިކޮށް މެންބަރު އިލްޔާސް ލަބީބްގެ ރަށްޓެއްސަކު އޭނާއާ ހިއްސާކުރި ތިން މިލިއަން ރުފިޔާގެ މައުލޫމާތެއްގެ ވާހަކަ ފެންމަތިވުމާ ގުޅިގެން އެ މައުލޫމާތުގައި ބުނާ ހަމަލާއާއި ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅުމެއް ވޭތޯ ބެލުނު ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި އެ މައުލޫމާތާ ގުޅުމެއް ނެތް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އަދި މި ތަޙުޤީޤަކީ ހުޅުވާލެވިގެން ކުރިއަށްދާ ތަޙުޤީޤެއް ކަމަށް ވާތީ އެފަދަ ހެކިތަކާއި، ފައިސާ ދައުރުކޮށްފައިވާގޮތް އަދިވެސް ބަލަމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން