އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް (ކ) އާއި ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ (ވ)
އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް (ކ) އާއި ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ (ވ)
ރާއްޖޭގައި އަޑީ ދައުލަތެއް ނެތް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބަހަނާ ނުދެއްކެވުމަށާއި، ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވިދާޅުވެފައި ވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި އަޑީދައުލަތެއް އޮތްކަމުގެ އެއްވެސް ރިޕޯޓެއް ފުލުހުންގެ ފަރާތުން މިހާތަނަށް ލިބިވަޑައިގެންފައިނުވާ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޙަސަން ލަތީފް ވިދާޅުވީ، ރާއްޖޭގައި އަޑީ ދައުލަތެއް ނެތް ކަމަށް ބުނެ ބަހަނާ ދައްކައި، ކުރަންޖެހޭ މަސައްކަތް ނުކޮށް، ނުވާކަމަކަށް ހަދާލައިގެން ސަރުކާރު އޮވެގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި ހަރުކަށިފިކުރު ނުރައްކާތެރި މިންވަރަށް އޮތްކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގެ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވިދާޅުވާ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

"ރާއްޖޭގައި މިހާރު ހަރުކަށިކަމާއި ހައްދު ފަހަނަ އަޅާފައިވާ މިންވަރަށް ބަލާއިރު، ރާއްޖޭގައި މިހާރު މި ހިނގަނީ އެސްޓޭޓް ވިތިން ސްޓޭޓެއް. މި ޙާލަތުގައި އޮއްވައި މިހާލަތުން އަރައި ނުގެންފިއްޔާ، އަޅުގަނޑުމެންގެ މިޤައުމު އަފްޣާނިސްތާނު އޮތް ހާލަތަށް ދާނެ." ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައިވެއެވެ.



ހޯމް މިނިސްޓަރ އިމްރާން ރާއްޖޭގެ މީޑިއާ އަކަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ، ރާއްޖެއަކީ ކުރިއަރަމުން އަންނަ، ތަރައްގީއާއީ ތަހުޒީބާއި ޑިމޮކްރެސީއަށް ލޯބިކުރާ ވެއްޓެއް ގާއިމްވެފައި އޮތް ގައުމެއް ކަމަށާއި، ރާއްޖެ އަފްގާނިސްތާނުގައި އޮތް ޙާލަތަށް ދަތުރުކުރަމުން ވެސް ނުދާ ކަމަށެވެ.

ސަރުކާރުން ހަރުކަށި ފިކުރަށް ދީލައިނުލައި، މެދުމިނުގެ ފިކުރަށް ތާއީދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ. އަދި ހަރުކަށި ފިކުރުގެ މީހުންނަށް އެހީތެރިވެދީގެން ވަގުތީގޮތުން ސިޔާސީ ފައިދާއެއް ލިބިދާނެ ކަމަށާއި، ނަމަވެސް ދުރު މުސްތަގުބަލުގައި އެކަމުން ލިބޭނެ ހަމަޖެހުމެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-12

އަހައްމާއިދީ

30-Jul-2021

ހަސަންލަތީފު. އަޑީދައުލަތް އޮންނާނެ ކަލޭ ޖަނގިޔާތެރޭ. ހެހެހެހެ



ޓްރެންޑިން