އާދަމް ވިޝާން (ކ) އަދި އަލީ ރަޝީދު: އަންހެން މީހާ ޖަހައިގަނެގެން  ރޭޕް ކުރުމުގައި ބައިވެރިވީ މި ދެމީހުން
އާދަމް ވިޝާން (ކ) އަދި އަލީ ރަޝީދު: އަންހެން މީހާ ޖަހައިގަނެގެން ރޭޕް ކުރުމުގައި ބައިވެރިވީ މި ދެމީހުން
މާލޭގެ ކާރޫބާރޫ ބޮޑު މަގަކުން ހިނގާފައި ދިޔަ އަންހެން ކުއްޖަކު "އުފުރާލައިގެން" ގެންގޮސް އަނދިރި ގޯޅިގަނޑަކަށް ވެއްދި ވާހަކައަކީ މިހާރު އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކައެވެ. މިވާހަކަތަކުގެ ސީރިއަސްކަން އިތުރަށް ހާމަވީ މިއަދު އެ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އާންމުވުމުންނެވެ. އެއްވެސް ބިރެއް ޖެހިލުމެއް ނެތި އެންމެންގެ ކުރިމަތީގައި އަންހެންކުއްޖަކު "އުފުރާލައިގެން" ދަމާ ކޫއްތާފައި ގެންގޮސް، ޒުވާން ދެފިރިހެނުން ވެގެން ގޯޅިގަނޑަކަށް ވެއްދީ ރަހުމުގެ ކަންފުޅެއް ވެސް ނެތިއެވެ.


އެމަންޒަރު ބަލަން ތިބި ބައެއްގެ ފައިބުޑަށް އަންހެންކުއްޖާ ވެއްޓުނު ނަމަވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން އެ މީހުން ހިތަށްވެސް ނާރާ ކަހަލައެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ. މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި އެ މީހުންގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވުމުން، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ ދެ މީހުން އިތުރު 10 ދުވަހު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފަ އެވެ.



ސޯޝަލް މީޑިއާގައި އެވީޑިއޯ ދައުރުވާން ފެށުމާއެކު، ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި މިކަމުގައި ފުލުހުންނަށާއި ސަރުކާރަށް ފިޔަވަޅު ނޭޅޭ ނަމަ، އެންމެން އެގޭ ދޮށަށް އެއްވުމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މަންޒަރު ބަލަން ތިބި މީހުން، އަންހެން ކުއްޖާއަށް އެހީ ވެފައިނުވާތީ، އެކަމާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރާއްޖޭގައި އަންހެނުންނަށް އެއްވެސް ރައްކާތެރި ކަމެއް ނެތްކަން ހާމަ ވެފައި ވާ ކަމަށް ޝޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވެއެވެ. ހަގީގަތުގައި އެއީ ބިރުވެރި އިންޒާރެކެވެ. ބަޔަކު ރުޅިގަދަވެގެން ކިޔޭނުކިޔޭ ހިސާބަށް ދާވަރުގެ މަންޒަރެކެވެ. ބިރިވެރިކަމާއި ހިތްދަތި އިހުސާސް ތަކެއް ހިތައް ވެރިވެގެންދާފަދަ މަންޒެރެކެވެ.



މިކަމާ ގުޅިގެން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ފަރުދީ ޒިންމާ އަދާ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އަންހެން ކުއްޖަކު ދަމާކޫއްތާފައި ގެންގޮސް ގަދަކަމުން ގެއަކަށް ވައްދާއިރު، އެތައް ބަޔަކު އަޅާ ނުލާ ބަލަހައްޓައިގެން ތިބުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، ހުއްޓުވުނު ގޮތަކަށް އެކަން ހުއްޓުވަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވީ ހުކުރުދުވަހު މާލޭގެ ގޯޅިއެއްގެ ތެރެއަށް ގަދަކަމުން އަންހެނަކު ވެއްދި ވީޑިޔޯ އާންމުވުމާއެކު އަންހެނުންނަށް ރައްކާތެރިކަން ނެތްކަން ހާމަވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ބަލަން ފަސޭހަ މަންޒަރުތަކެއް ނޫން ކަމަށެވެ. މަންމައާއި ދައްތައާއި އަންހެން ދަރިންނަށް ޤައުމުގައި ރައްކާތެރިކަން ނެތްކަން އެވީޑިއޯއިން ހާމަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސެމްބެ އިތުރަށް ވިދާޅުވީ ޢާންމު ރައްޔިތުން މިފަދަ ނުރައްކާތެރި ކަންކަން ހުއްޓުވުމުގައި ފަހަތަށް ޖެހޭނީ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އަދި މި ކަމުން ފެންނަނީ ސަރުކާރުގެ ބޮޑު އިހުމާލު ކަމަށް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވިއެވެ.

މިކަން ކޮށްފައިވާ މީހުންނަކީ ރަތްލާޖެހި ކުށްވެރިންކަން ފުލުހުން ހާމަކުރި މައުލޫމާތު ތަކުން އެނގެއެވެ. އެތައް ވަހަރަކު ކުށްކޮށް ކުށުގެ ރެކޯޑް އޮތް މީހުންނެވެ. އެފަދަ އެތައް ކުށްވެރިންނެއް އެކި ދޮރުތަކުންނާއި ބާގަނޑުތަކުން ދެމިގަނެގެން މިނިވަން ކަމާއެކު މުޖުތަމަޢުގައި އުޅެ ތަކުރާރުކޮށް ކުށްކުރަނީއެވެ. ކިތަންމެ ބޮޑު ކުށެއްކޮށްގެން ހައްޔަރަށް ދާން ޖެހުނަސް އެމީހުންނަށް ވަރިހަމައެވެ. ދުވަސްކޮޅަކުން ނުކުންނާނެ ބާގަނޑު އެމީހުންނަށް އެނގެއެވެ. ހަގީގަތުގައި ވެސް މުޖުތަމަޢުގައި މިފަދަ ބޮޑެތި ކުށްތައް ތަކުރާރުކޮށް ކުރަނީ ކަމާބެހޭ ފަރާތްތަކަށް ނޭނގޭ ބައެއް ނޫނެވެ. އެއީ ކޮންބައެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު ގާނޫނީ އަދި ސިޔާސީ ބާގަނޑުތަކުންނާއި ފައިސާއަށް އެޅޭ ބާގަނޑުތަކުން އެމީހުން ދެމިގަނެގެން އަބަދުވެސް ތިބެނީ މިނިވަންކަންމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު