އައްޑޫސިޓީ އަށް ގެނައި އަހެއް
އައްޑޫސިޓީ އަށް ގެނައި އަހެއް
ސަދަން ސްޓޭލިއަންސް ކުންފުނިީގެ ފަރާތުން އައްޑޫސިޓީއަށް ގެންނަން ހަމަޖެހިފައިވާ އަސްތައް އެ ސިޓީއަށް ގެނެސްފި އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން އެޖެންސީގެ ފަރާތުން ބުނީ، މި އަސްތައް ސަލާމަތްތެރި ކަމާއިއެކު އައްޑޫއަށް ގެންދެވިފައިވާ ކަމަށެވެ. މި އަސްތައް ގެނެސްފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ މޯލްޑިވްސް ޝިޕިންގެ އެމްވީ ބޮންތި 2 ކާގޯ ބޯޓުގައެވެ.



އައްޑޫ ސިޓީއަށް ފަސް އަސް ގެނައުމަށް ފިޝަރީޒް މިނިސްޓްރީން ހުއްދަދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. ސަދަން ސްޓޭލިއަންސް ކުންފުނިީގެ ފަރާތުން އައްޑޫއަށް އަސްތަކެއް ގެނެސްފައިވާއިރު މިއީ ރާއްޖޭގައި އަސް ދުއްވުމުގެ ވިޔަފާރިއެއް ފަށާ ފުރަތަމަ ފަހަރެވެ.

އަދި މި އަސްތަކާއެކު އައްޑޫގައި ލޯކަލް ޓުއަރިޒަމް އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް އައްޑޫގެ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން