ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހުގައި އަވަގުރާނަ ގޮވާފައި ގެއަށް ވަޑައިގެންނެވުމުން ޖެހިވަޑައިގަތީ ޖާބިރުގެ ހަށިކޮޅުގައި ބޮނޑިތާން އަޅަން ކަމުގައި އަނބިކަނބަލުން އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވަމުން ދިޔައިރު މެމްބަރު ޗެއާމަން ޖާބިރު ގެންދެވީ ހިތްހަމަ ނުޖެހުން ފާޅު ކުރަށްވައި މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރަށްވަމުންނެވެ. އަދި ޖާބިރުގެ އެ ޢަމަލުތައް ހުއްޓުވުމަށް ޖާބިރާއި ވާހަކަދެއްކެވި ބައެއް މެމްބަރުންނާ ހަޑި ހުތުރު ބަހުން ޖާބިރު މުޚާތަބު ކުރަށްވާ ވީޑިއޯ އެއް މީސް މީޑިއާގައި މިހާރު ވަނީ ޢާއްމު ވެފައެވެ.
ޖާބިރު ހަޑިހުތުރު ބަހުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާ ވީޑިއޯ އެއް ޢާއްމުވެފައި ވަނިކޮށް ޖާބިރުގެ އަނބިކަނބަލުން، ކުރިން ބަންޑާރަ ނާއިބްކަން ވެސް ކުރަށްވާފައިވާ ފާތިމަތު ދިޔާނާ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ އުސޫލުތަކާ މެމްބަރަކު ޚިލާފުވުމުން އޮންނަ އުސޫލުގެ ދަށުން ނަން އިއްވާ ތަޅުމުން ނެރުން އެންމެ ރަނގަޅު ކަމަށެވެ. ނަމަވެސް ހޭ އަރުވާލާނެ ކަމަށް ބުނެ ކުދިންކޮޅެއް ނެރެގެން ތެޅުން ރަނގަޅު ނޫން ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ މި މޭރުމުން ވިދާޅުވުމަށްފަހު ދެން ވިދާޅުވެފައިވަނީ، މިއަދު ދެން ޖެހިފައި މިވަނީ ޖާބިރުގެ ހަށިކޮޅަށް އަނިޔާލިބުނު ތަންތާނގައި ބޮނޑިތާން އަޅަން ކަމަށެވެ. ނަމަވެސް ޖާބިރަށް ލިބިލެއްވި އަނިޔާ އާއި، އަނިޔާ ކުރެއްވި ބައެއްގެ ނަންތައް ދިޔާނާ ވިދާޅުވެފައެއް ނުވެއެވެ.
ދިޔާނާ ވަނީ ހުތުރުބަސް ބޭނުން ކުރުމަކީވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ހުތުރުބަސް ބޭނުންކުރާ މެމްބަރުވެސް މަޖިލީހުން ނެރެންވާނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ޖާބިރުގެ ހަށިކޮޅުގައި ބޮނޑިތާން އަޅުއްވާ ކަމަށް ޓްވީޓް ކުރެއްވުމާ ގުޅިގެން ޑރ. އިޔާޒް ވަނީ ދިޔާނާ އަށް ނަސޭޙަތެއް ދެއްވާފައެވެ. އެގޮތުން އިޔާޒް ވިދާޅުވީ، ދެމަފިރިންކުރެ ކޮންމެ މީހަކުވެސް އަނެކަކަށް އިޙްތިރާމްކޮށް ލޯބިވާން ވާނެ ކަމަށެވެ. އަދި ބަލިވެއްޖެނަމަ އަޅާލާ ފިރުމައިދީ ހަދަންވާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
"އެއީ ބޮޑުކަމަކަށް ވެގެން ނުވާނެ. އެއީ ތިމާއަށް ލިބޭ ޝަރަފަކާއި އުފަލެއް ކަމުގައި ހަދަން ވާނެ. އެކަކު އަނެކަކަށް ކޮށްދޭ ކަންތައް ބޭރަށް ނެރެގެން ނުވާނެ." ޑރ. އިޔާޒް ވިދާޅުވިއެވެ.

- Nan ivvaa nerun ✅
— Dhiyana 🎈?🌹 (@dhiyanasaid) February 4, 2021
- Hey aruvaalaane kamah bune, kudhinkolheh neregen thelhun ❌
Miadhu mijehunee hatharudhamu bondithaan alhan innan. pic.twitter.com/nSAO4x6YBf
ދިޔާނާ މި މޭރުމުން ވިދާޅުވުމަށްފަހު ދެން ވިދާޅުވެފައިވަނީ، މިއަދު ދެން ޖެހިފައި މިވަނީ ޖާބިރުގެ ހަށިކޮޅަށް އަނިޔާލިބުނު ތަންތާނގައި ބޮނޑިތާން އަޅަން ކަމަށެވެ. ނަމަވެސް ޖާބިރަށް ލިބިލެއްވި އަނިޔާ އާއި، އަނިޔާ ކުރެއްވި ބައެއްގެ ނަންތައް ދިޔާނާ ވިދާޅުވެފައެއް ނުވެއެވެ.
ދިޔާނާ ވަނީ ހުތުރުބަސް ބޭނުން ކުރުމަކީވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ހުތުރުބަސް ބޭނުންކުރާ މެމްބަރުވެސް މަޖިލީހުން ނެރެންވާނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
True Sheikh. Huthuru bas beynunkuraa meehaa nerun ✅. Jehun ❌.
— Dhiyana 🎈?🌹 (@dhiyanasaid) February 4, 2021
ދިޔާނާ ޖާބިރުގެ ހަށިކޮޅުގައި ބޮނޑިތާން އަޅުއްވާ ކަމަށް ޓްވީޓް ކުރެއްވުމާ ގުޅިގެން ޑރ. އިޔާޒް ވަނީ ދިޔާނާ އަށް ނަސޭޙަތެއް ދެއްވާފައެވެ. އެގޮތުން އިޔާޒް ވިދާޅުވީ، ދެމަފިރިންކުރެ ކޮންމެ މީހަކުވެސް އަނެކަކަށް އިޙްތިރާމްކޮށް ލޯބިވާން ވާނެ ކަމަށެވެ. އަދި ބަލިވެއްޖެނަމަ އަޅާލާ ފިރުމައިދީ ހަދަންވާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
Dhemafirin kure konme meehaku ves anekakah ihthiraam koh loabi vaan vaane. Balivejje nama alhaalaa firumaala dhee hadhan vaane. Aee bodu kamakah vegen nuvaane. Aee thimaa ah libey sharafakaai ufaleh kamugai hadhan vaane. Ekaku anekakah kohdhey kanthah beyrah neregen nuvaane.
— Dr.Mohamed Iyaz (@dr_iyaz) February 4, 2021
"އެއީ ބޮޑުކަމަކަށް ވެގެން ނުވާނެ. އެއީ ތިމާއަށް ލިބޭ ޝަރަފަކާއި އުފަލެއް ކަމުގައި ހަދަން ވާނެ. އެކަކު އަނެކަކަށް ކޮށްދޭ ކަންތައް ބޭރަށް ނެރެގެން ނުވާނެ." ޑރ. އިޔާޒް ވިދާޅުވިއެވެ.

PAR
SWE
CIV
ކިޔުންތެރިންގެ ހިޔާލު