އައްޑޫ ސިޓީ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރަށްވާ ޢަލީ ނިޒާރު
އައްޑޫ ސިޓީ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރަށްވާ ޢަލީ ނިޒާރު
ސަރުކާރުން ގެންގުޅޭ ތަރައްޤީގެ ސިޔާސަތު ބަދަލުކޮށް ޖަޒީރާވަންތަ ތަރައްޤީ ގެނެސްދިނުމަށް އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީ މޭޔަރު ކަމަށް ވާދަ ކުރަށްވާ ޢަލީ ނިޒާރު ގޮވާލަށްވައިފިއެވެ.

ސަރުކާރުތަކުން ރާއްޖޭގެ ރަށްރަށް ތަރައްޤީ ކުރުމުގައި ތަފާތުކުރުން ގެންގުޅޭކަމުގެ ޝަކުވާ އަކީ އަބަދުވެސް ހުރިހާ އަތޮޅެއްގެ ރައްޔިތުންވެސް ކުރާ ޝަކުވާއެކެެވެ. އަދި ޚާއްސަކޮށް ބަޖެޓުން ތަރައްޤީގެ ޕްރޮގްރާމްތައް ބަހާލާއިރު މާލެއަށް ނިސްބަތުން މާބޮޑު ޚަރަދެއް ކުރުމުން އަތޮޅުތައް ތަރައްޤީ ނުވެ މާލެއަށް ބަރޯސާވާން ޖެހި މާލެއަށް ތޮއްޖެހުމުގެ މައްސަލަ އިންތިހާއަށް ވަނީ ބޮޑުވެފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް މީގެ ކުރިން ކުރަށްވާފައިވާ ޢަލީ ނިޒާރު ވިދާޅުވެފައިވަނީ، އަތޮޅުތަކަށް އޮތް ސިޔާސަތުތައް ބަދަލު ނުކޮށްފިނަމަ ކުރިއަށްއޮތް 50 އަހަރުތެރޭ ރާއްޖޭގެ 50 އިންސައްތަ ރަށްތައް ފަޅުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ރާއްޖޭގެ ޢާމްދަނީގެ 75 އިންސައްތަ މާލޭ ސަރަޙައްދަށް ޚަރަދުކޮށް އަތޮޅުތަކުގެ އިޤްތިޞާދަށް ޕްލޭންތަކެއް ނެތި ދިއުމަކީ ނުރައްކާތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަލީ ނިޒާރު ވިދާޅުވީ، ތޮށި ލުމާއި ނަރުދަމާ އަކީ ދިރިތިބުމަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ރަށްރަށުގައި ރައްޔިތުން ދެމި ތިބުމަށް އޮތް ޙައްލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕެންޝަނާއި އެކު މާމައާއި ކާފަ ރަށުގައި މަޑުކުރިޔަސް ކިޔަވާ ނިމޭ ކުއްޖާގެ މުސްތަޤުބަލް ރަށުންނާއި އަތޮޅުންވެސް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްފަސް ކުރުމާއި، އާމްދަނީގެ ހިއްސާ އަދި އިދާރީ މިނިވަންކަން އަތޮޅުތަކަށް ނުލިބޭނަމަ އަތޮޅަށް ވިހޭ ކުއްޖާ ބޮޑުވެ އެތާ މަޑުކުރަން ޖެހޭ ސަބަބެއް ނެތް." ޢަލީ ނިޒާރު ވިދާޅުވިއެވެ.



ޢަލީ ނިޒާރު ވިދާޅުވީ މާލެއިން އެ ފެންނަނީ އެ މަންޒަރު ކަމަށާއި، ޖަޒީރާ ދިރިއުޅުމަކީ އުފަލުގައި ދިރިއުޅުންކަމަށް ވާންޖެހޭ ކަމަށެވެ. އަދި އެއީ ޙާލުގައި އުޅުން ނޫން ކަމަށް ޢަލީ ނިޒާރު ވިދާޅުވިއެވެ.

2021 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގައި ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓުގެ މަޝްރޫއާ އެކުއެކީގައި މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަންނަ އަހަރަށް ޖުމްލަ 34.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު ބޮޑެތި ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގުމަށް ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އައްޑޫ ސިޓީގެ މިއަހަރުގެ ބަޖެޓު ޖުމްލަ އަކީ 136.5 މިލިއަން ރުފިޔާ އެވެ. ކައުންސިލުން ލަފާ ކޮށްފައިވަނީ 59.3 މިލިއަން ރުފިޔާ ދައުލަތުން ގްރާންޓުގެ ގޮތުގައި ލިބޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކުރިކީލަ

25-Jan-2021

ނިޒާރު ބޯންޖެހޭނީ ގޮރު ލުއްޒާ



ޓްރެންޑިން