ވައްކަމަކީ މީހާގެ އީމާންކަން ނެތިކޮށްލާ ފަދަ ނުބައި ޢަމަލެއް ކަމަށާއި ވައްކަމާއި ފޭރުމާއި މަކަރާއި ޙީލަތުން ދައުލަތުގެ މުދަލަށް އަރައިގަތުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަށަގަނެފައިވާ ވަރަށް ބޮޑު އިޖުތިމާއީ ބައްޔެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި، މި ބަލީގެ ސަބަބުން ހަމައެކަނި ގެއްލިގެން ދަނީ ވަކިވަކި ފަރުދުންގެ ހައްގުތައް ނޫންކަމަށާއި ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ދައުލަތުގެ އޮފީސްތަކަށާއި، މުއައްސަސާތަކަށް ވެސް އެކި މިންވަރުގެ ގެއްލުން ލިބެމުންދާކަމަށް ބުނެފައިވެއެވެ.

ވައްކަމާއި ނަހަމަ ގޮތުގައި ފައިސާ ހޯދުމުގެ ވަބާއަކީ މުޖުތަމަޢުތައް ފަސާދަކޮށް، ނެތިކޮށްލާ ވަބާތަކުގެ ތެރެއިން އެއް ވަބާ ކަމަށާއި އިސްލާމީ ރިސާލަތުގެ އެންމެ ކުރީކޮޅު، މައްކާގައި މުސްލިމުން ނިކަމެތި ހާލުގައި، ވަންހަނާކަންމަތީގައި ތިބި ހިނދުގައިވެސް ބައިތުލްޢަގަބާގައި މާތް ނަބިއްޔާ މުސްލިމުންގެ ކިބައިން ޢަހްދު ކަށަވަރު ހިތްޕެވި މުހިއްމު ކަންކަމުގެ ތެރޭގައި ވައްކަން ނުކުރުން ހިމެނޭ ކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދީފައި ވެއެވެ.

މީގެ އިތުރުން އިންސާނާ ކުރާ ހެޔޮ ޢަމަލުތައް ﷲގެ ހަޟްރަތުގައި ގަބޫލު ކުރެއްވޭނީ ވެސް އޭނާގެ އާމްދަނީ އާއި މުދާ ތާހިރުވެގެން ކަމަށާއި ވައްކަމާއި ނަހަމަ ގޮތުގައި ފައިސާ އާއި މުދާ ހޯދާ މީހުންނަށް އެ ހޯދާ ތަކެތިން ވަގުތީ އުފަލެއް ލިބުނުކަމުގައި ވިޔަސް، އެތަކެތި ވެގެންދާނީ އޭނާއާއި އަނބިދަރިންގެ ހަލާކަށް ކަމުގައި ވެސް ބުނެފައި ވެއެވެ.

“އެމުދަލުގައި ﷲ ތަޢާލާ ހަރަކާތެއް ނުލައްވާނެއެވެ. އަދި އެއިން ލިބޭ ވަގުތީ މަންފާއަށްވުރެ އޭގެ ގެއްލުން މާ ބޮޑުވެގެންވާ” ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

“ވައްކަމާއި ނުބައި އަމަލުތައް ފެތުރިގެން ދަނީ ހަރުދަނާ އަގީދާއާއި އީމާންކަން ބަލިކަށިވެ، ދުންޔަވީ އެދުންތަކުގެ ޝިކާރައަކަށް އެމީހުން ވުމުގެ ސަބަބުން” ކަމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޜިޒާ

23-Jan-2021

ދޭޚިދުމަތާ ނުބައްދަލު އެތައްބައިވަރު ފައިސާއެއް މީހުންގެ އާމްދަނީއިން, ްްާްްްްާްްްާްްްްާްްާްްްްާްްްާްްްްްްާްްްްާްްްާްްްްާްްާްްްްާްްޤާނޫން ހަދައިގެން ފޭރުނ ވަންނާނީ ކޮނއބާވަތެއްގެ ޖަރީމާއަކަށްކަން ޚުތުބާލިއުއްވާ ޝޭޚުން ޚުތުބާެއެއްގާ ސާފުކޮށްދޭނީ ކޮންދުވަހަކުންބާވައޭ އަހަރެން ހިތަށްއަރާ



ޓްރެންޑިން