ޝަރުއީ ރުގްޔާގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ކޮނުމަކީ ހަރާމްކަމެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މިރޭ ފޭސްބުކްގައި ވިދާޅުވީ ޝަރުއީ ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ކޮށްނަކަމުގެ މައުލޫމާތު ވެސް ބައެއް ފަހަރު ލިބޭ ކަމަށެވެ.
ނަމަވެސް މިއީ ހުއްދަކަންކަމެއްނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޝަރުއީ ރުގްޔާކުރުމުގައި އެފަދަ އެއްވެސް އަމަލެއް ހިންގުމަކީ ގުރްއާނާއި ސުންނަތުން ސާބިތުވާކަމެއްނޫން ކަމަށެވެ. އެހެންކަމުން ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ އަމަލުތަކަކީ ހަރާމްވެގެންވާ އަމަލުތަކެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ދީނުގައި އޮންނަ ޝަރުއީ ރުގްޔާއަކީ ބަލިމީހާށް ޝިފާއަށް އެދިގެން ގުރުއާން ކިޔަވައި އޭނާގެ ގަޔަށް ފުމުން، ނުވަތަ ފެނަށް ކިޔަވައި ފެން ބޯން ދިނުން ނުވަތަ ޝިފާއަށް އެދި އެކަމުގައި ސުންނަތުން ސާބިތުވެފައިވާ ދުއާތައް ކިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިފަަހަކަށް އައިސް ބައެއް ފަރާތްތަކުން ރުގްޔާކުރުމުގެ ނަމުގައި ޝަރުއީ ގޮތުން ހުއްދަ ނޫން ނޭދެވޭ އަމަލުތައް ހިންގަމުންދާކަންވަނީ ސަމާލުކަމަށް އައިސްފަ. މިކަންކަމާމެދު ރައްކާތެރިވުން އެދެން. ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ އެވެ. ދުޢާކުރުމާއި، ބޭސް ބޭނުންކުރުން ފަދަ ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތެވެ."މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު