މޭސު | ރާއްޖޭގެ ނަމްބަރު 1 ޖޫސް
މޭސު | ރާއްޖޭގެ ނަމްބަރު 1 ޖޫސް
ދުނިޔޭގެ އެކި ކަންކޮޅުތައް ފަތަހަކޮށް، ރަހަތައް ފައްކާ، މީރު "މޭސު" ޖޫސް ރާއްޖޭގެ ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ. މި ޖޫސް ރާއްޖޭގައި ހޯލްސޭލް ކުރަނީ މާލޭގެ ގަނދަކޯޅި މަގުގައި ހުންނަ "ވެސްޓެވޭ ޓްރޭޑިންގ" އިންނެވެ. މީގެއިތުރުން އައްޑޫ ސިޓީ މަރަދޫގައި ހުންނަ "ފްރެޝް ޗޮއިސް" އިންވެސް މި ޖޫސް މިހާރު ގަނޑުކޮށް ވިއްކަމުން ގެންދެއެވެ.

މޭސު ޖޫހަކީ މިހާރު ރާއްޖޭގެ ބަޒާރުން ލިބެން ހުންނާނެ އެންމެ މީރު ޖޫސްކަމާއި މެދަކު ހަމަ އެއްވެސް ޝައްކެއް ނެތެވެ. އަދި މިއީ އަސްލު މޭވާގެ ތާސީރާއި ރަހަތައް ހިމެނޭ މޭވާއިން ލިބޭ ފައިދާތައް އެކުލެވޭ މޮޅު ޖޫހެކެވެ. މިއީ ވަރުބަލިކަން ފިލުވާލަދީ މުޅި ދުވަހު ބޭނުންވާ ހަކަތައާއި ހިތްވަރު އާކޮށްދޭ އަދި މީހާ ތާޒާ ކަމުގައި މުޅި ދުވަހު ހުރުމަށް އެހީތެރިވެދޭ އަނގަޔަށް ވެސް ވަރަށް މީރު ޖޫހެކެވެ. ހަށިގަނޑަށް ފައިދާ ކުރާ ވިޓަމިން ތަކާއި އެތައް މާއްދާއެއް އެކުލެވޭ މި ޖޫހަކީ ރާއްޖޭގަައި މި ވަގުތު ވިއްކަން ހުރި އެންމެ ސިއްހަތަށް ފައިދާހުރި އަގު ހެޔޮ ބުއިމަށް ވާނެކަން ޔަގީނެވެ.

ސްކޫލް ކުދިންގެ އިންޓަވަލަށް ހާއްސަ ކުދި ލުއި ޕެކެޓާއި، ޒުވާނުންނަށް ހާއްސަ ބިއްލޫރި ފުޅީގައި ވެސް މި ޖޫސް ހުރެއެވެ. މިއީ ދުވަސްމީ މީހުންގެ ގައިގާ ވަރުޖައްސައިދޭ ޒުވާން ކަމުގެ ޖޯޝް އިތުރުކޮށްދޭ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކަމުދާނެ ޖޫހެކެވެ. މި ޖޫހުގެ ތަފާތު ވައްތަރުތަކާއި ރަހަތައް ލިބެން ހުރެއެވެ. މިޖޫހުގެ ބައެއް ރަހަތަކުގެ ތެރޭގައި ރިނިއު، ޑިފެންސް އަދި ފުލް ފުރުޓް މިކްސް ވެސް ހިމެނެއެވެ. މިއިން ކޮންމެ ވައްތަރެއްގައި ވެސް ހަށިގަނޑަށް ފައިދާހުރި، ހަށިގަނޑުގައި ވަރުޖައްސައިދީ އަދި ހަކަތަ ލިއްބައިދޭ ކެލްސިއަމް، ވިޓަމިންސް އަދި ޕްރޮޓީންސްގެ މާއްދާތައް އެކުލެވެއެވެ.
އަޅުގަނޑު ދަންނަވާނީ މި ޖޫސް ބައްލަވައިފި ނަމަ ހަމަ އެހެން އެއްވެސް ބާވަތެއްގެ ޖޫހެއް ދެން ބޭނުން ނުކުރަށްވާހާ ވެސް މި ޖޫހުގެ ރަހަ މީރު ކަމަށެވެ.

ހޯލްސޭލްކޮށް މި ޖޫސް ބައްލަވައިގަތުމަށް ގުޅުއްވާނީ މާލޭން ނަމަ 9133110 ނަމްބަރު ފޯނާއެވެ. އަދި އައްޑޫން ނަމަ 9133114 ނަމްބަރު ފޯނާއެވެ.

ކިޔުންތެރިންގެ ހިޔާލު