ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް މަސް ގަންނަ އެންމެ ދަށް އަގަކީ ކިލޯއަކަށް 16 ރުފިޔާ ކަމަށް ކަނޑައަޅައި އެގޮތަށް މާދަމާ އިން ފެށިގެން މަސް ގަންނަން ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިފްކޯއާއި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިއަދުން ފެށިގެން ގެނެވޭ އެންމެ މުހިންމު އެއް ބަދަލަކީ، ދޮޅު ކިލޯގެ ބަދަލުގައި، އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގައި މަސް ގަންނަން ފެށުން ކަމަށެވެ. އެގޮތުން މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމުގައި ވިޔަސް، އެ ދުވަހެއްގެ ބާޒާރުގެ އަގަށް ބަލައިގެން، 17 ނުވަތަ 18 ރުފިޔާއަށް ވެސް މިފްކޯއިން މަސް ގަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”އެންމެ ދަށްވެގެން ސޯޅަ ރުފިޔާއަށް ގަންނަގޮތަށް މިފްކޯއިން، މާދަމާއިން ފެށިގެން ފަށާނެ. މާނައަކީ، މިފްކޯއަށް އެ ދުވަހަކު 17 ރުފިޔާއަށް ގަނެވެންޏާ، 18 ރުފިޔާއަށް ގަނެވެންޏާ، އެ ބޭފުޅުން އަދި އެއަށްވުރެ މައްޗަށްވެސް ގަނެވެންޏާ، މިފްކޯއިން ކަނޑައަޅާނެ. އެ ވަގުތަކު ގަނެވޭނެ އެންމެ މަތީ އަގު. އެންމެ ދައްކޮށް 16 ރުފިޔާ،“ ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު